’ހަދިޔާ‘ ޕްރޮގްރާމަށް ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

ދުވަސް. އެމްވީ އިން އިސްނަގައިގެން ކުރިއަށް ގެންދާ ’ހަދިޔާ‘ ޕްރޮގްރާމަށް ހަދިޔާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފަހަރުގެ ދުވަސްގެ ހަދިޔާ ޚާއްސަކޮށްފައި ވަނީ ކ.ގުރައިދޫގައި ތިބި މުޖްތަމައުގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ މީހުންނަށެވެ. އެގޮތުން އެ މަރުކަޒުގައި ތިބި މީހުންނަށް ހަދިޔާ އެއް ދިނުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

ދެވޭނީ ކޮންކަހަލަ ހަދިޔާއެއް !

ފައިސާ ނޫން ކޮންމެ ހަދިޔާ އެއް ވެސް ދެވިދާނެއެވެ. އީދު ހަދިޔާގެ ގޮތުގައި އީދު ހެދުމާއި ކޮސްމެޓިކްސް ފަދަ ގިނަ ހަދިޔާތައް ދެވިދާނެއެވެ. މިހާރު ވެސް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުން ހަދިޔާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ. ތިބާ އަކީ ކޮން ފަރާތެއްކަން ނޭނގޭ ގޮތަށް ވެސް ހަދިޔާ ދިނުމުގެ ފުރުސަތު އެބައޮތެވެ. ދުވަސް ޓީމާއި ގުޅިގެން ކުރިއަށް ގެންދާށެވެ. ދުވަސްގެ ހޮޓްލައިނަކީ 9534444 އެވެ.

ހިނިތުންވުން ގެނުވާ

ތިބާގެ ހަދިޔާ އިން ހަމަ ތިބާ ފަދަ އަނެއް އިންސާނާ އަށް ހިނިތުންވުމެއް ގެނެސްދޭށެވެ. ހަދިޔާ ދިނުމަކީ އޭގައި ސަވާބާއި ދަރުމަ އެކުލެވިގެންވާ ކަމެކެވެ. ތިބާގެ ސަބަބުން އެހެން މީހަކަށް އުފާވެރިކަން ލިބިއްޖެނަމަ ތިބާ އަދި މާއުފާވާނެއެވެ. މުޖްތަމައު އަށް މިސާލެއް ދައްކާށެވެ. މި ދިވެހި މުޖްތަމައު އަކީ ވެސް އަޅާލާ އޯގާތެރިވާ މުޖްމައުއެއްކަން ދައްކާށެވެ.

ހަދިޔާ ހަވާލުކުރުން އީދު ދުވަހު

ތިބޭފުޅުން ދެއްވާ ހަދިޔާ ތައް ވަރަށް އަމާނަތްތެރި ކަމާއި އެކު ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ދުވަސް ޓީމުން ހަވާލުކޮށްދޭނެއެވެ. އެކަމުގައި އެއްވެސް ޝައްކެތް ނެތެވެ. ހަދިޔާ ޕްރޮގްރާމްގެ އެއްމެހާ ކަންކަން ކުރިއަށްގެންދިއުމުގައި އެއްމެ އިސްކޮށް ދުވަސްގެ ޓީމާއި އެކު ހަރަކާތްތެރިވާނީ ޑިސްއެބިލިޓީ އެމްބަސެޑާ އަހުމަދު ހިސާންއެވެ. މިފުރުސަތުގައި ދުވަސް އަށް ކުރެއްވި އިތުބާރަށް ހިސާން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ހަދިޔާގެ ޚާއްސަ ހޭޝްޓޭގަކީ މަވެސްހަދިޔާދޭނަން އެވެ. ތިބާގެ ސަޕޯޓް މިކަމަށް އޮތްކަން ދައްކަން މި ހޭޝްޓޭގް ބޭނުންކުރައްވާށެވެ. ހަދިޔާ އަށް ޚާއްސަ ފޭސްބުކު ޕޭޖެއް ވެސް ވަނީ ހަދާފައެވެ. ފޭސްބުކު ޕޭޖަކީ https://web.facebook.com/hadhiyaamv މިއީއެވެ.

ހަދިޔާ ގައި އަވަހަށް ބައިވެރިވެލައްވާށެވެ. ތިބާގެ ސަޕޯޓް މިކަމަށް އޮތްކަން ދޭހަ ކޮށްދިނުމުގެ ގޮތުން އެފްބީ ޕްރޮފައިލް ވެސް ’ހަދިޔާ‘ ޕޭޖް ޕްރޮފައިލް ފޮޓޯ އަށް ބަދަލުކޮށްލާށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *