ރޯދަ މަހުގެ ދުވާލުގެ ވަގުތު ކެއުމުން އަދަބެއްގެ ގޮތުގައި ޕުޝް އަޕްސް ހަދަން ޖައްސައިފި

ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ކެއުމުން އަދަބެއްގެ ގޮތުގައި ޕުޝް އަޕްސް ހައްދަން 13 މީހަކަށް ފުލުހުން ޖައްސައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިޔާގެ ބޮގޮރް ސިޓީގައެވެ. މި ރަމަޝާން މަހުގެ ދުވާލު ވަގުތު އާންމު ތަންތާގައި ރޯދަ ނުހިފިކަމުގައި ވިނަމަވެސް ނުކުވޭނެ ކަމާއި ކެއުމުގެ ހިދުމަތްދޭ ތަންތަން ހުޅުވޭނީ ވަކި ގަޑިތަކެއް ކަމުގައި އަންގައި މި ސިޓީގެ ފުލުހުންވަނީ އިއުލާނެއް ނެރެފައެވެ.

 މި އެންގުމާއި ހިލާފަށް ހުޅުވާފައި ހުރި ފުޑް ސްޓޯލް ތަކަކުން ކާން ތިބި 13 މީހަކު ހައްޔަރުކޮށް ނަސޭހަތް ދިނުމަށްފަހު އަދަބެއްގެ ގޮތުގައި ޕުޝް އަޕްސް ހައްދަން އެމީހުންނާއި ވަނީ އެ ސިޓީގެ ފުލުހުން ޖައްސާފައެވެ. އަދި  ފުޑް ސްޓޯލްތަކުން އެ އަމަލު ދެން ތަކުރާރުކޮށްފި ނަމަ އެތަންތަން ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

CkkdYFPWUAA0CoF

ފުލުހުން ބުނެފައިވަނީ ކާންތިބި 13 މީހުންނަށް ނަސޭހަތްތެރިވެފައިވަނީ ރޯދައަށް ތިބޭ މީހުންނަށް އިހުތިރާމް ކުރުމަށްކަމަށެވެ. އަދި ރޯދަމަހު އާންމު ތަންތާގައި ކެއުން މަނާކޮށްފައިވަނީ އެ އަވަށުގައި ރަނގަޅު މާހައުލެއް ގާއިމްކޮށް އަމަންއަމާންކަން ގާއިމްކުރުމުގެ ގޮތުންކަމުގައިވެސް ފުލުހުންވަނީ މައުލޫމާތުދީފައެވެ.

 އަދަބު ދިން 13 މީހުންނަކީ ކޮން ދީނެއްގެ ބައެއްކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *