އިސްރާއީލްއިން ފަލަސްތީނުގެ ރައްޔިތުންނަށް ރަމަޝާން މަހަށް ދޫކޮށްފައިވާ 83000 ހުއްދަ ބާތިލް ކޮށްފިއެވެ.
މި ރަމަޝާން މަހާއި ދިމާކޮށް އިސްރާއީލްއިން ގާޒާގެ 200 ރައްޔިތަކަށް ދޫކުރި 200 ހުއްދައެއްގެ އިތުރުން ރަމަޝާން މަހަށް ދޫކޮށްފައިވާ 83000 ހުއްދަ ބާތިލްކޮށްފައިމިވަނީ ޓެލް އަވިވްގައި ދިން ހަމަލާއެއްގައި އިސްރާއީލްގެ ހަތަރު މީހަކު މަރުވުމާއި ގުޅިގެންނެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވިނަމަވެސް ހަމާސް ޖަމާއަތުންވަނީ މި ހަމަލާއަށް ތާއީދުކޮށްފައެވެ.