ދީޕިކާ އާއި ރަންވީރު ޗުއްޓީ ހޭދަކޮށްލުމަށް ޔޫރަޕަށް ދަނީ

ދެމީހުންގެ ބިޒީ ޝެޑިޔުލްގެ ސަބަބުން މިފަހަކަށް އައިސް މާގިނައިން ދީޕިކާ އާއި ރަންވީރު ދިމާވާގޮތްވަނީ ނުވެފައެވެ. ދީޕިކާ ހޮލީވުޑަށް ނިކުތުމަށް އަވަދިނެތި އިންޑިޔާއިން ބޭރުގައި އުޅުނު އިރު ރަންވީރު ހުރީ އިންޑިޔާގައެވެ. ޝޫޓިންގ ނިންމާފައި ދީޕިކާ އެނބުރި އިންޑިޔާއަށް އާއިރު ރަންވީރު ބޭފިކުރުގެ ޝޫޓިންގައި ބިޒީވެފައި ހުރީ ޕެރިހުގައެވެ. އެހެންކަމުން އަދިވެސް ދެމީހުންނަށް ވަގުތު ދެވޭގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް ދެމީހުންގެ ބިޒީ ޝެޑިޔުލުން ވަގުތު ހޯދައިގެން ޗުއްޓީއަކަށް ދިޔުމުގެ ޕްލޭނެއް ދެމީހުން ގެންގުޅޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖުލައި މަހާ ހަމައަށް ދެމީހުންގެ ޝެޑިޔުލް އުޅެނީ ވަރަށް ބިޒީކޮށްނެވެ. އެހެންކަމުން ޗުއްޓީއަށް ދެމީހުން ދާނީ އޮގަސްޓް މަހުކަމަށް ވަނީ ބެލެވިފައެވެ. 8 ދުވަހުގެ ޗުއްޓީއެއްގައި ދެމީހުން ދިޔުމަށް ހަމަޖެހިފައިވަނީ އެދެމީހުންގެ ޢާއިލާއާ އެކުކަމަށްވެސް ވެއެވެ. އަދި ޗުއްޓީ ހޭދަކުރަން ދަނީ ޔޫރަޕްގެ ކޮން ޤައުމަކަށްކަމެއް މީޑިޔާއަށް ސާފެއްނުވެއެވެ. ދީޕިކާ އާއި ރަންވީރު ވަނީ އާ އަހަރު ފާހަގަކުރުމަށް ރާއްޖެވެސް އައިސްފައެވެ. އެހެންކަމުން ކުއްލި ގޮތަކަށް އެދެމީހުން އެހެންތާކަށްވެސް ހިނގައިދާނެކަމަށް ވަނީ ބެލެވިފައެވެ.

މިޗުއްޓީ އާ ބެހޭ ގޮތުން ރަންވީރުގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ “ ނޯ ކޮމެންޓް“ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިވަގުތު އެއްޗެއް ބުނަން ބޭނުންނުވިއަސް އިނގޭކަމަކީ މިދެމީހުންގެ ހަރަކާތްތަކަށް ގިނަ ބަޔަކު ބަލަމުންދާނެކަމެވެ. އެހެންކަމުން ދެމީހުންނަށް ހުސްވަގުތެއް ވެގެން ޗުއްޓީއަށް ދާ ތަނެއްވެސް ސިއްރެއް ނުވާނެތާއެވެ. ބަލަން ތިބެމާއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *