ކުރީގެ ނާއިބް ރައީސް އަދީބު
ކުރީގެ ނާއިބް ރައީސް އަދީބު

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގަ ހުކުމް ކުރުން މިރޭ

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅުގައި ތިއްބަވަނިކޮށް އޭގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ހުކުމް އިއްވުން މިރެއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
އެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ މއ. ސިގްމާ ހަސަން ރިކާޒު އަދި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރުގެ މައްޗަށެވެ. އަދީބުގެ މައްޗަށް ހުކުމް ކުރުން މިރެއަށް ތާވަލްކޮށްފައިވާކަން އަދީބުގެ ދިފާއީ ވަކީލް ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައި އެވެ. ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ ދައުލަތުން ހަ މީހެއްގެ މައްޗަށް ތަފާތު އެކި ދައުވާތައް ކޮށްފައި ވެއެވެ.

އެ މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ދިޔަ އިރު ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލިކަމަށް ބުނާ ”އައިޑީޑީ“ ތައްޔާރުކުރި ސިފައިންގެ މީހާ ވަނީ އެއީ އަދީބު ވިދާޅުވެގެން ތައްޔާރު ކުރި އެއްޗެއް ކަމަށް ކޯޓުގައި ސިއްރުން ހެކި ބަސް ދީފަ އެވެ.

އަދީބުގެ މައްޗަށް އުފުލާފާއިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މިރެއަށް ތާވަލް ކުރި އިރު  މިމަހުގެ ފަސްވަނަ ދުވަހު ވަނީ އަދީބުގެ އަތުން ފިސްތޯލައެއް ފެނުނު ކަމަށްބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *