ކ. ގުރައިދޫ - އެރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ރޭ ވަނީ މީހަކު ގެއްލިފައި --
ކ. ގުރައިދޫ - އެރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ރޭ ވަނީ މީހަކު ގެއްލިފައި --

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ހޯދަނީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ  ގާތްގަނޑަކަށް 08:00 އެހާއިރު ކަމަށާއި ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެއީ އުމުރުން 28 އަހަރުގެ ފިރެހެނެކެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި ގުރައިދޫ ކައުންސިލާއި ކޯސްޓް ގާޑު ގުޅިގެން ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މީހަކު ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދާކަމަށެވެ.

އެމީހާ ނެތްކަން އެނގުނީ ރޭ ބޭސް ދޭންވެގެން ނަރުހުން އޭނާ ކައިރިއަށް ދިޔައިރު ނެތުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *