ކަރަން އިންނަން އެހުމުން ބިޕާޝާ ދިން ޖަވާބު އިނގޭތަ؟

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ އުފާވެރި ޖޯޑަކީ ބިޕާޝާ އާއި ކަރަން އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 2015 ވަނަ އަހަރު ނިކުތް ހިންދީ ފިލްމު އެލޯން އިން ބައްދަލުވި މިދެތަރިންގެ ގުޅުން މިވަނީ ވަރަށް ވަރުގަދަ ގުޅުމަކަށް ވެފައެވެ. މިއަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހު މިދެތަރިން ވަނީ ކައިވެނިކޮށްފައެވެ. ހަނީމޫނަށް ރާއްޖެއަށް މިދެތަރިން އައިސްފައިވާއިރު ރާއްޖޭގައި މިދެމީހުން ހަފްތާއެއްވަންދެން އުޅެފައިވެއެވެ. މިހާރުވެސް ދެމީހުން ފެންނަމުންދަނީ ވަރަށް ލޯބިން އުޅޭތަނެވެ. ޑިނަރޑޭޓް ތަކުން ދެތަރިން ފެންނަމުންދާއިރު ދެމީހުންގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ކަރަން ބިޕާޝާ ކައިރީގައި އިންނަން އެހުމުން ބިޕާޝާ ދިން ޖަވާބު އިނގޭހެއްޔެވެ؟

ދާދިފަހުން ބިޕާޝާ ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ،ކަރަން އިންނަން އެހުމުން ބިޕާޝާ އަށް ކަރަން ކައިރިން އެހުނީ އޭނާއާ އިންނަން ބޭނުންވަނީ ކީއްވެހެއްޔެވެ؟ ބިޕާޝާ އަށް އެކަން ޤަބޫލުނުކުރެވުނުކަމަށާއި ކަރަން އޭނާ ކައިރީ އިންނަން އެހީ ކައިވެނިކުރެވޭނެކަމާމެދު އޭނާ އުންމީދު ކަނޑާލައިގެން ހުއްޓާކަމަށެވެ. ކައިވެނިކުރުމަކީ އޭނާއަށް ވާނެކަމެއްކަމާމެދު ބިޕާޝާ ހުރީ ޝައްކެއްގެ މަތީގައިކަމަށެވެ. މީގެއިތުރުން ކައިވެންޏާ ހެދި ދެމީހުންގެ މެެދުގައި އޮތް ވަރުގަދަ ގުޅުން ނިމުމަކަށް ގެންނަން ބޭނުންނުވިކަމަށްވެސް ބިޕާޝާ ބުނެފައިވެއެވެ. އެބިރުގައި ބިޕާޝާ ހުރިނަމަވެސް ކަރަން މިވަނީ ބިޕާޝާ ލައްވާ ކައިވެންޏަށް އާ ބަސް ބުނުވާފައިކަން ޔަޤީނެވެ.

ބިޕާޝާ ކަރަން އާއި އިނުމުގެ ކުރިން 3 މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެއެވެ. އޭގެތެރެއިންވެސް އެންމެ މަޝްހޫރުވެގެންގޮސްފައިވަނީ ބިޕާޝާ އާއި ޖޯން އަބްރަހަމް އާ ދެމެދު އޮތް ލޯބީގެ ގުޅުމެވެ. ބިޕާޝާ އާއި ޖޯން އަބްރަހަމްގެ 9 އަހަރުވީ ލޯބީގެ ގުޅުމަށް ނިމުން އައިސްފައިވަނީ 2011 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ދެމީހުން ވަކިވި ސަބަބު ނޭންގުނަސް އޭގެފަހުން މިދެމީހުން އެކަކު އަނެކަކާ ވާހަކަދައްކައެއް ނުހަދައެވެ. އޭގެފަހުން ބިޕާޝާ ވަނީ ހަރްމަން ބަވޭޖާ އާއެކުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ނަމަވެސް އެގުޅުން މާ ގިނަދުވަހަކު ދެމިއެއްނޯވެއެވެ. ބިޕާޝާ އާއި ކައިވެނިކުރުމުގެ ކުރިން ކަރަން ވަނީ ދެ ކައިވެންޏެއްކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *