މި ރޯދަމަހު ގޫގަލްގައި އެންމެ ގިނައިން ސާޗްކުރަނީ ބަޖިޔާ ރެސިޕީ

މި ރަމަޟާން މަހު ދިވެހި ނޫސްތަކުންވެސް އެންމެ އިސްކަމެއް ދެމުން އަންނަ އެއް ކަމަކަށް ވާނީ ކިޔުންތެރީންނާ ހަމައަށް ރެސިޕީތައް ގެނެސްދިނުން ކަން ޔަގީނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކަން އޮތީމިހެންނެވެ. އެގޮތަށް އެކަން ކުރަނީ ރަމަޟާން މަހު ކަނބަލުންނަށް އެންމެ މުހިއްމު އެއް މައުލޫމާތަކަށް ވާނީ ރެސިޕީ ކަމަށްވާތީ އެވެ.

ރެސިޕީތަކާ ބެހޭގޮތުން ގޫގަލުންވެސް މިވަނީ މައުލޫމާތު ތަކެއް އާއްމުކޮށްފަ އެވެ. އެއީ އެންމެ ގިނައިން ސާޗް ކުރާ ރެސިޕީތަކުގެ ތަރުތީބެވެ.

އެ ތަރުތީބުތަކަށް ބަލާއިރު މި ހިނގާ ރަމަޟާން މަހު އެންމެ ގިނައިން ސާޗްކޮށްފައިވަނީ ”ސަމޯސާ“ ނުވަތަ ބަޖިޔާ ހަދާނެ ގޮތެވެ.

ލިސްޓުގެ ދެވަނައިގާ މެދުއިރުމަތީގެ މަގްބޫލް ކެއުމެއް ކަމަށްވާ ”ހަލީމް“ ހިމެނޭއިރު ލިސްޓްގެ ތިންވަނައިގާ ހިމެނެނީ ފަލަފެލް ރެސިޕީ އެވެ. އަދި ހަތަރު ވަނައިގާ ބިރިޔާނީ ރެސިޕީ ހިމެނޭއިރު ފަސްވަނައިގާ ހިމެނެނީ ”ތުރްކީބްރެޑް“ ރެސިޕީ އެވެ.

މި ލިސްޓްގެ އެއްވަނައިގާ ބަޖިޔާ ހިމެނޭއިރު ބަޖިޔާއަކީ ދިވެހީންގެ މެދުގައިވެސް މަގްބޫލު ހެދިކާ އެކެވެ.

ބަޖިޔާގެ ތާރީހަށް ބަލާލާއިރު ބަޖިޔާ އަކީ މެދުއިރުމައްޗަށް ނިސްބަތްވާ ހެދިކާ އެކެވެ. މި ހެދިކާ އާއްމުވެފައިވާކަމަށް ވަނީ 10 ވަނަ ގަރުނުގެ އަހަރުތަކުގެ ތެރޭގަ އެވެ. އިންޑިއާ ކޮންޑިނެންޓަށް ބަޖިޔާ އާއްމުވެފައިވަނީ 13 ވަނަ ގަރުނުގެ ތެރޭގައި ކަމަށް ލިޔުންތަކުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *