“ އަހަރެން މިސްރުގައި ހޭދަކުރި ރަމަޟާންމަސްތަކުގެ މަތިން ހަނދާންވޭ، އެ ހިތްހަމަ ޖެހުން، ހިތުގައި އުފެދޭ އުފާވެރިކަން ބުނެދޭންވެސް ނޭންގެ“ މިހާރު ގަލްފް ސަރަހައްދުގައި ދިރިއުޅެމުންދާ ނަޝްވާ މުހައްމަދު އޭނާ ކުރިން މިސްރުގައި ހޭދަކުރި ރޯދަ މަހުގެ ވާހަކަ ކިޔާދެމުން ބުންޏެވެ.
މިސްރުގައި ދިރިއުޅޭ މުސްލިމުން މިސްރުގެ މުޅި މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި ރަމަޟާން މަހަށް ބަދަލުކޮށް ދުނިޔޭގެ އެހެން ގައުމަކުން ނުކުރެވޭ ފަދަ އިހުސާސްތަށް މިސްރުގައި ބަލާލި ކޮންމެ ދިމާއަކުން ކުރެވެއެވެ.
ދިވެހި ރާއްޖޭގައިވެސް ރޭޑިއޯ ޒަމާނުގައި ރޯދަ މަހުގެ އިހުސާސް ކުރެވޭ އިހުގެ ލަވަޖެހި ހަނދާން އަޅުގަނޑުމެން ވޭ ނޫންތޯއެވެ؟ މިހާރުވެސް އިހުގެ ލަވަތަށް ޖެހުމަކީ މިސްރުގައި ރަމަޟާން މަހަށް މަރުހަބާގެ ގޮތުން ކޮންމެ އަހަރަކު ކުރާ ކަމެކެވެ. މަގުމަގު ޒީނަތްތެރި ކުރުމަށްޓަކައި ދަމާފައިވާ ލެންޓަރންސް އަދި ކުލަބޮކިތަކުން މިސްރުގެ ކޮންމެ ރަށެއްގެވެސް ރޫޙު ދައްކުވައިދެއެވެ.
ނަޝްވާ މިހާރު މިސުރުން ބޭރުގައި އުޅޭތާ 30 އަހަރުވީނަމަވެސް އޭނާއަށް މިސްރުގެ ރަމަޟާންމަހުގައި ކުރެވޭ އިހުސާސް ކުޑަކޮށްވެސް ނުކުރެވޭކަމަށް އޭނާ ބުނެއެވެ.
“ އަހަންނަށް ”މިސް“ވޭ މަގުމަތިން ހިނގާފައިދާއިރު ދަމާފަހުންނަ ބޮކިތަކާއި ލެންޓަރންސްތަށް، މިހާރު މިއުޅޭ ގައުމުގައި ރަމަޟާން މަހަށް މީހުންތައްޔާރުވަނީ އެހެން މަސްތަކެކޭ އެއްފަދައިން، މިސްރުގެ މަގުތަކުގައި ރަމަޟާން މަހުގެ ޚާއްސަ ލަވަތަށް އިވި އިވިވެސް ރޫޙު އާވޭ، މިހާރު މިއުޅޭ ސަރަހައްދުގައި ޓީވީ ރޭޑިއޯއިންވެސް މަދު ފަހަރަކު ރޯދައިގެ ވާހަކައެއް ދައްކާނީ“ ނަޝްވާ
މިސްރަށް އުފަން ނަޝްވާ ބުނެފައިވަނީ ރޯދަ ވީއްލާ ވަގުތުވެސް އާއިލާގެ އެންމެ މޭޒުދޮށުގައި ހީ ސަމާސާކޮށް ހިތްހަމަ ޖެހިގެން ރޯދަ ވީއްލާލުމަކީ ހަމައެކަނި އޭނާއަށް މިސްރުގައި ކުރެވުނު އިހުސާސެއް ކަމަށެވެ. އާއިލާ އަދި ރައްޓެހިންވެސް އެކުގައި ރޯދަ ވީއްލާއިރު ބީރައްޓެހިން އަދި ގެސްޓުންނަށް ރޯދަ ވީއްލުމަށް ދައުވަތުދީ އެކުގައި ރޯދަ ވީއްލުމަކީ މިސްރުގައި އާއްމުކެމެކެވެ.
މީގެ ހަތަރު އަހަރުކުރިން އެމެރިކާއަށް ކިޔެވުމަށް ބަދަލުވި އުމުރުން 24 އަހަރުގެ އަޔާ މޫސާ ބުނިގޮތުގައި މިސްރަކީ ރަމަޟާން މަހުގައި އެފަދަ ދެވަނަ ގައުމެއް ނުވާފަދަ ގައުމެއް ކަމަށެވެ.
“ މަގުމަތިން ބީރައްޓެއްސެއް ހިނގާފަ ދިޔަނަމަވެސް ހިނިތުންވުމާއެކު މަރުހަބާ ކިޔާނެ، ބަންގީގެ އަޑާއެކު ނޭންގޭ މީހާގެ އަތަށްވެސް ހުރި ކޮންމެ ހިސާބަކުންވެސް ފެން އަދި ކަދުރު ފަދަ އެއްޗެހި ދިއްކޮށްލާނެ ހަމަ ކޮންމެ މީހެއްވެސް، މިހާރު މިސްކިތްތަށް ކައިރީގަވެސް ފެންނާނީ ބަންގި ގަޑީގަވެސް ހުސް ފުލުހުން، މިސްރުގައި ބޭނުމެއް ނުވާނެ ފުލުހުންނެއް، ހިތްހެޔޮ ކަމާއެކު އެކަކު އަނެކަކަށް ކަމާހިތުމާއެކު އެހީވާނެ“ – އަޔާ މޫސާ
މިސްރުގެ މިވާހަކަތަކާއެކު މީގެ އަހަރުތަކެއްގެ ކުރިން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ބައެއް ހަނދާނަށް އާދޭތޯއެވެ؟ ރަމަޟާންމަހަށް އަންނަ އުފާވެރިކަމާއެކު ގޭގެ ޒީނަތްތެރިކުރުމަށް އަކިރިލުމާއި ރޯދައިގެ ފުރަތަމަ ދުވަހަށް ބަރާއޮޑި ތައްޔާރުކޮށް ފަތިހު ރަށުގެ ކޮޅުން އެންމެންގެ އެކުވެރިކަން ހަނދާނަށް އާދޭތޯއެވެ؟ ރޭޑިއޯގެ މަޑު ރާގަކަށް ރަމަޟާންމަހަށް ކިޔާ ސަނާ ރޯދަމަހުގެ ކޮންމެ ދުވަހަކު އަޑުއިވުނު ހަނދާން ވޭތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުވެސް ބަވަނަވެ މިފަދަ ހިތްހަމަޖެހުންތަށް މިވަނީ ގެއްލިފައެވެ. ރޯދައެކޭ އެހެން މަސްމަހެކޭ މާބޮޑުތަފާތެއް މަދުން ނޫނީ ނުފެނެއެވެ.
One Response
ލިޔުން ގެނެސްދީފަ އިންގޮތް ވަރަށް ފުރިހަމަ!