ކެޕޭސިޓީ ބިލްޑިންގ ފޮ ޑްރަގް އެންފޯސްމެންޓު އޮފިސަރސް ކޯސް ނިމިއްޖެ

ކެޕޭސިޓީ ބިލްޑިންގ ފޮ ޑްރަގް އެންފޯސްމެންޓު އޮފިސަރސް ކޯސް ނިމި، ކޯހުން ދަސްވެނިވި ބައިވެރިންނަށް ހަނދާނީ ލިއުން ދީފިއެވެ.

މިއަހަރުގެ މެއި25ން ޖޫން 2ގެ ނިޔަލަށް ކުރިޔަށްދިޔަ މި ކޯސް ނިމި ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒުއެވެ.

ޕޮލިސް އެކަޑަމީގެ ފަރާތުން އިންތިޒާމް ކޮށްގެން މި ކޯހުގައި ޑްރަގް އޮޕަރޭޝަން ޔުނިޓުގައި މަސައްކަތްކުރާ 12 ފުލުހުންނާއި ފާރަ ގެމައިގައި މަސައްކަތްކުރާ 3 ފުލުހުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ 5 ފުލުހުންނާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގައި މަސައްކަތްކުރާ 5 ފުލުހުންނާއި ޑިވިޜަނަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ 3 ފުލުހުންވަނީ ބައިވެރިވެފައެވެ.

ޖުމްލަ 28 ފުލުހުން ބައިވެރިންގެ ތެރެއިން 24 އޮފިސަރަކު ކޯސް ފުރިހަމަ ކޮށްފައިވާ އިރު، މިރަސްމިއްޔާތުގައި ކޯހުގެ މުއްދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި މުދައްރިބުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީއެވެ.

މި ކޯހަކީ އައިލްސްގެ ޝޯޓް ކޯސް ޕޮލިސީގެ ދަށުން ފާސްކުރެވިގެން އެޕޮލިސީ އާއި އެއްގޮތަށް ޕޮލިސް އެކަޑަމީން ކުރިޔަށްގެންދިޔަ ފުރަތަމަ ކޯހަށްވާ އިރު، މިކޯސް ފަރުމާކުރެވިފައިވަނީ ޑްރަގް އެންފޯސްމަންޓް ދާއިރާގެ ތެރެއިން އޮޕަރޭޝަންސް ދާއިރާގައި މަސައްކަތްކުރާ ފުލުހުންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތެއްގެ މައްޗަށެވެ.

އެގޮތުން ޕްރޮފެޝަނަލް އެތިކްސް، ހެލްތް އެންޑް ސޭފްޓީ، އޮޕަރޭޝަނަލް ފިޓްނަސް، އޮޕަރޭޝަނަލް ޓެކްޓިކްސް، ފޮރެންސިކް ޕްރެކްޓިސަސް ފޮރ ޑްރަގް އެންފޯސްމަންޓް އޮފިސަރސް، އިންޓެލިޖެންސް އަދި ކްރިމިނަލް ޕްރޮސީޖަރ އާގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ވަނީ ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައެވެ. މިފަދަ ކޯހެއް ފަރުމާކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގާ ތަފާތު އޮޕަރޭޝަންތަކުގައި ޑީއީޑީ އާއި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު އިތުރުކޮށް މަސައްކަތުގެ ދުވެލި ހަލުވިކޮށް ފެންވަރު މަތިކުރުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

ކޯހުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ އާއި ޕޮލިސް އެކަޑަމީގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝަމީމު ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *