ލޮނުމެދަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި، ކެއްކުމުގައި ބޭނުން ކުރެވޭ ވަރަށް މުހިންމު އިންގްރިޑިއެންޓެއް.ލޮނުމެދު ބޭނުން ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ލޮނުމެދުކޮޅު ކޮށާލުމަށްފަހު 10 ވަރަކަށް މިނެޓު ވަންދެން މަތިޖެހި އެއްޗެއްގައި އައިސް އަލަމާރީގަ ބަހައްޓާލާފަ ބޭނުން ކުރެއްވުން.
ލޮނުމެދަކީ ނުކައްކާ ވެސް ބޭނުން ކުރެވިދާނެ އެއްޗެއް. ލޮނުމެދުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކޮށްދީ ކާއެއްޗެހި އަވަހަށް ހަޖަމު ކޮށްދޭ.ލޮނުމެދުގައި ވިޓަމިން އަދި ކެލްސިއަމް އެކުލެވިގެންވޭ.އަދި މިނޫން ވެސް ހަށިގަނޑަށް ފައިދާ ހުރި އެތަށް މިނެރަލްސްވެސް އެކުލެވިގެންވޭ.ލޮނުމެދުގެ އެންމެ ހާއްސަކަމަކީ ލޮނުމެދު ކެއުމުގެ ސަބަބުން ހަށިގަނޑު ޑިޓޮކްސް ކޮއްލަދޭ.
ލޮނުމެދަކީ ހައްދާލަން ފަސޭހަ އެއްޗެއް.އެގޮތުން ލޮނުމެދު އެންމެ ފަސޭހައިން ހެދެނީ ޗަކަ ބިމުގައި. ދުނިޔޭގެ ނިސްބަތުން އެންމެގިނައިން ލޮނުމެދު ހައްދާ ޗައިނާގަ އަހަރެއްގެ މައްޗަށް 20 މިލިއަން މެޓްރިކް ޓަނުގެ ލޮނުމެދު އުފައްދާ.