ނަޝީދު ވިދާޅުވީ އުންމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މެންބަރުން ރިޝަވަތު ހިފުން ކަމަށް -- ފޮޓޯ: އެމްޑީޕީ
ނަޝީދު ވިދާޅުވީ އުންމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މެންބަރުން ރިޝަވަތު ހިފުން ކަމަށް -- ފޮޓޯ: އެމްޑީޕީ

އުންމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މެންބަރުން ރިޝްވަތު ހިފުން: ނަޝީދު

ދިވެހި އުންމަތަށް އޮތް ހުރި އެންމެ ބޮޑު ނުރައްކަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝަވަތު ހިފފުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލޙުގެ ބައެއް މެންބަރުން މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބަވައިގެން ރިޝަތު ހިއްޕަވާ ކަމީ މުޅި ދިވެހި އުންމަތަށް ހުރި އެންމެ ބޮޑު ނުރައްކާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި އެވަނީ މި ފަހަކަށް އައިސް މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކުރަން ނަގާ ވޯޓުތަކުގައި ވަކި ގޮތަކަށް އެމްޑީޕީން ވޯޓުދޭން ނިންމާފައިވަނިކޮށް ބައެއް މެންބަރުން ސަރުކާރު ހިންގާ ޕާޓިން ވޯޓު ދޭކޮޅަށް ވޯޓު ދެމުންދާކަން ފާހަގަ ކުރެވިފައިވާ ދުވަސްކޮޅެއްގައި އެވެ.

އެގޮތުން ޕީޖީ އަކު އައްޔަން ކުރުމަށާއި، އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ނެގި ވޯޓުގައިވެސް އެމްޑީޕީން ދެކޮޅަށް ވޯޓުދޭން ނިންމާފައިވަނިކޮށް ބައެއް މެންބަރުން ވަނީ ސަރުކާރާއި އެއްކޮޅަށް ވޯޓުދީފައި އެވެ. އަދި އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ނެގި ވޯޓުގައި ވެސް މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކުވަނީ ޕާޓީގެ ނިންމުމާއި ހިލާފަށް ފަނޑީޔާރުން މަދުކުރުމަށް ވޯޓު ދެއްވާފައި އެވެ.

އޭގެ އިތުރުން މާދަމާ ސުޕްރީމް ކޯޓުގެ ދެ ފަނޑީޔާރަކު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެކަމަށް ބެލެވިފައިވާތީ ނަޝީދު އިޝާރާތް ކުރައްވަނީ އެކަމަށް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިއްޔެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މާދަމާގެ ޖަލްސާ އަށް އެ ޕާޓީގެ މަޖިލިސް ހުރިހާ މެމްބަރުން ވަޑައިގެން، ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވުމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *