މިއޮތީ މި ރޯދަ މަހު ސީރިޔާ ރެފިއުޖީ ކުދިންގެ އުންމީދީ އެޕްލިކޭޝަން – ޝެއާ ދަ މީލް

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަށް މުސްލިމުންނާއި ބައްދަލުކޮށްފައިވާއިރު ސީރިއާގެ އެއް މިލިއަން ރެފިއުޖީން ލުބުނާންގައި ރަޖިސްޓަރވެފައިވެއެވެ. ޑަބްލިއުއެފްޕީއޭ (ވޯރލްޑް ފުޑް ޕްރޮގްރާމް) އިން އަންދާސާ ކުރާގޮތުގައި މި އަދަދު 1.5 މިލިއަނަށް މިހާރުވަނީ އަރާފަ އެވެ.

ލުބުނާނަކީ ދުނިޔޭގައި ސީރިޔާގެ ރެފިއުޖީން އެންމެ ގިނަގައުމެވެ. މިހުރިހާ ރެފިއުޖީންގެވެސް އާދޭހަކީ ދިރިހުރުމުގެ އަސާސީ ހައްގުތަކެވެ. ބަނޑު ފުރާނަ މުއްތިކުރުމަށްޓަކައި ސާފު  ބޯފެނާއި ކާނާ މިފަރާތްތަކަށް ފޯރުކޮށްދިނުމަށް ޔޫއެންއަށްވަނީ އުނދަގޫތަކަކާއި ކުރިމަތިވެފައެވެ. މިގޮތުން ޔޫއެންއިން ދާދިފަހުން ލާންޗުކުރި ”ޝެއަރ ދަ މީލް“ އެޕްލިކޭޝަން ވެފައިވަނީ އެބޭފުޅުންގެ މަސައްކަތަށް ހަކުވިކަން ގެނުވި ކަމަކަށެވެ.

މިއަހަރުގެ ވެބީ އެވޯޑު ހާސިލްކުރި ”ޝެއަރ ދަ މީލް“ އެޕްލިކޭޝަން މިހާރު ސީރިޔާގެ ރެފިއުޖީ ކުދިންނަށް އެހީވުމަށް މި ރަމަޟާން މަހާއި ދިމާކޮށް މިވަނީ އަރަބި ބަހުން އިފްތިތާހް ކޮށްފަ އެވެ. މީގެ ކުރިން އިނގެރޭސި އަދި ޖަރމަން ބަހުން އެޕް ލާންޗުކޮށް 5.5 މިލިއަން “ މީލްސް“ މިހާތަނަށް 500000 ޔޫސަރސް މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޮނުވިފައިވެއެވެ.

އދ އިން މި އެޕްލިކޭޝަން މި ފެށުނު ރަމަޟާން މަހާއި ދިމާކޮށް ލާންޗު ކުރިއިރު، މި ކެމްޕެއިންގެ އަމާޒަކީ ބޭރޫތުގައި ތިބި 1400 ސީރިއާ ރެފިއުޖީ ކުޑަކުދިންނަށް ކާނާ އަދި ފެން އެއް އަހަރު ދުވަހު ފޯރުކޮށްދިނުމެވެ. މީގެ ކުރިން އދ އިން ވަނީ ލިސޯތޯގެ ސުކޫލްކުދިނަށް އަދި ރެފިއުޖީ މައިންގެ އިތުރުން ތުއްތު ކުދިންނަށްވެސް އެހީ ފޯރުވުމަށް މި އެޕްލިކޭޝަން ބޭނުންކޮށްފައެވެ.

“ މި އެޕްލިކޭޝަން ރަމަޟާން މަހާއި ދިމާކޮށް ސީރިޔާގެ ރެފިއުޖީންނަށް ޚާއްސަކޮށް އަރަބިން ލާންޗުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް“ އެޕްލިކޭޝަންގެ ފައުންޑަރ ސެބެސްޓިއަން ސްޓްރިކަރ އަލް ޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

50 އިންސައްތައިން ފެށިގެން އެހީގެ ގޮތުގައި މި އެޕްލިކޭޝަންއިން ކެއުމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، ”ޑޮނޭޓް“ ކުރާކޮންމެ ފަހަރަކު އިލެކްޓްރޯނިކް ވައުޗަރެއްގެ އެހީގައި ސީރިޔާގެ ރެފިއުޖީ ކުދިންނަށް މި ޑޮނޭޝަން ލިބޭނެ ކަމަށް އެޕްގެ ފައުންޑަރ ސެބެސްޓިއަން ހާމަކުރިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ސީރިއާގެ ސަފީރު ހެންރިކް ބުނެފައިވަނީ  50 އިންސައްތަ އެ ކަވަރ ކުރެވެނީ ކުއްޖެއް އެއްދުވަހުގެ ކެއުން ކަމަށެވެ. ”ސީރިޔާގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގައި ޒަރޫރީގޮތުން ބޭނުންކުރަންޖެހޭ ކާޑުގެ ބާވަތްތަށް ފިޔަވާ ގެރިމަސް ނުވަތަ ކުކުޅު ކަހަލަ އެއްޗެއް ބޭނުން ކުރުމަކީ އުނދަގޫ ކަމެއް، އާއްމުކޮށް މަހެއްގެ މައްޗަށް ޖެހޭނީ ކުދި ހަރަދުކޮށްލެވޭ ވަރަށް“ ހެންރިކް އިތުރަށް ރެފިއުޖީންގެ ހަލާތު ބަޔާންކޮށްދީފައިވެއެވެ.

އެޕްލިކޭޝަންގެ ފައުންޑަރ ސެބެސްޓިއަން ބުނެފައިވަނީ މި އެޕްލިކޭޝަން އަރަބިން ސީރިއާގެ ރެފިއުޖީ ކުދިންނަށް މި ރަމަޟާންމަހު އިފްތިތާހްކުރީ ޚާއްސަ ސަބަބު ތަކަކާއެކު ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ މުސްލިމުން މި މާތް މައްޞަރުގައި ޞަދަގާތް ކުރުމުގެ އިތުރުން ސީރިއާގައި ދަތި ދުވަސަތަކެއް ހޭދަކުރަމުންދާ މުސްލިމު އަޚުންނާއި އުޚުތުންގެ ރޯދަމަސް ތާޒާ ކޮށްލުމަށް އެހީތެރިކަން ކޮންމެހެންވަނީ ބޭނުން ވެފައެވެ.

“ ދުނިޔެއަކީ ބަނޑުހައި ހޫނުކަން ނައްތާލެވިދާނެ ތަނެއް، ޑޭޓާތަކާއި އެނަލައިސްތަކަށް ބަލާއިރު ގަރުނުގެ މެދުތެރެއިން ބަނޑުހައި ހޫނުކަން ފިލުވާލެވޭނެ، އެހެންކަމުން މިހާރު އަވަހަށް އެހީ ވާންވީ، އެހީތެރިކަމުގެ އަތެއް އެކުވެރިންނަށް ހުޅުވާލަންވީ“ އެޕްގެ ފައުންޑަރ ސެބެސްޓިއަން ސްޓަރިކަރ ބުނެފައި ވެ އެވެ.

މި އެޕްލިކޭޝަން އެޕަލް ސްޓޯރ އަދި ގޫގަލް ސްޓޯއިންވެސް ޑައުންލޯޑު ކުރެއްވުމަށް ލިބޭނެކަމަށް ސެބެސްޓިއަން ބުނެފައިވެއެވެ.

މި އެޕްލިކޭޝަން https://sharethemeal.org/en/index.html މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *