ދުވަހުގެ ރެސްޓޯރެންޓް: ދަ ސަމަސެޓް ހޮޓެލް

ދުވަހުގެ ރެސްޓޯރެންޓް ނަމުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގެނެސްދިން ’ބްލޫބޭ ރެސްޓޯރެންޓް‘ އަށް ތިޔަ ލޮބުވެތި ކިޔުންތެރިން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އާޓިކަލް ވަނީ ޕަބްލިޝްކުރިތާ މަދު ގަޑިއިރެއް ތެރޭ އެއް ހާހަށް ވުރެ ގިނަ މީހުން ޝެއާކޮށްފައެވެ. އަދި ޝެއާކުރާ ވަގުތު ހަމަވުމުގެ ފަހުން ވެސް ގިނަ ފަރާތްތަކުން ވަނީ ޝެއާކޮށްފައެވެ. ޖުމްލަ އެއްހާސް ހަ ސަތޭކައަށްވުރެ ގިނަ ޝެއާ ވަނީ ކޮށްފަ އެވެ. ބްލޭބޭ ރެސްޓޯރެންޓުން ރޯދަ ވީއްލުން ލިބިފައިވާ ފަރާތް ތިރީގައި މިވަނީއެވެ. އަދި އެ ފަރާތް ހޮވާފައިވަނީ ދެފުށް ފެންނަ ރިވެތި އުސޫލުންކަން ޔަގީންކޮށްދޭ ވީޑިއޯ އެއް ވެސް ވާނީ ދުވަސް އެފްބީ ޕޭޖްގައި އަޕްލޯޑް ކޮށްފައެވެ.

winner

ދުވަހުގެ ރެސްޓޯރެންޓް ބައިގައި މިއަދު މި ގެނެސްދެނީ މާލޭ ގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ހޮޓަލެއްގެ ރެސްޓޯރެންޓަކުން ރޯދަ ވީއްލުމެކެވެ. ސަމަސެޓް ހޮޓަލަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ހޮޓެލެކެވެ. ދިވެހިންގެ މެދުގައި އެތަނުގެ ރެސްޓޯރެންޓުން ދޭ ރޯދަ ވީއްލުން ހަމަ އެހާ މަގުބޫލެވެ. ހަފްތާހެ ކޮންމެ ދުވަހަކުވެސް  އެ ރެސްޓޯރެންޓްގެ މެނޫއަށް ބަދަލެއް ގެނައެވެ. ބުފޭގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ނަވާބީ ބީފް ބިރިޔާނި، މަޓަން ބިރޔާނި، ކަޝްމީރީ ބިރިޔާނި ސްޕެގެޓީ ކާބަނާރާ، ކުޅިމަސް، ރޮށި އަދި މި ނޫނަސް ގިނަ އައިޓަމްތައް ހިމެނެއެވެ. މީގެ އިތުރުން ތިން ވައްތަރެއްގެ ފުރުޓް ޖޫހާއި ފޮނި ކާއެއްޗެހީގެ ވެސް އެކި ބާވަތްތައް ހިމެނެއެވެ. ރޯދަވީއްލުމެއްގެ އަގެއްގެ ގޮތުގައި އެ ރެސްޓޯރެންޓުން ކަނޑައަޅާފައި ވަނީ މީހަކަށް 249 ރ އެވެ.

Wednesday

އެކަމަކު މި އާޓިކަލް ޝެއާކޮށްގެން ހިލޭ ރޯދައްވީއްލުމުގެ ފުރުސަތު ތިބާ އަށް އެބައޮތެވެ. ޝެއާކުރާއިރު ދުވަސް ގައިޑް ލައިންސް އާއި އެއްގޮތަށް ކުރުމަށް އެދެމެވެ.

guidelines

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

howThursday Tuesday Sunday Saturday Monday Friday

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *