ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ހުޅުވާ ”ރަމަޟާން ފްރެޝް މާކެޓް“ މި އަހަރުވެސް ހުޅުވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ މި މާރުކޭޓު އޮތީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސަރަހައްދު ކަމަށްވާ އަލިމަސް ކާނިވަލުގެ ދެކުނުން އޮންނަ ޕާކިން ޒޯނުގައެވެ.
މި އަހަރުގެ މާރުކޭޓުގައި 30 ސްޓޯލަކާއި ދެރެސްޓޯރެންޓު ހިމެނޭ އިރު، އޭގެ ތެރޭގައި ބާބަކިއު ހެދޭ ގޮތައް ޚާއްޞަ ކުރެވިފައިވާ ދެ ސްޓޯލަކާއި ވަގުތުން ހެދިކާ ހެދޭ ގޮތައް ޚާއްޞަ ކުރެވިފައިވާ ސްޓޯލެއްވެސް ހިމެނެއެވެ.
މާރުކޭޓުގައި ވިއްކާ ތަކެތީގެ ތެރޭގައި ކަނޑު މަހާއި ފަރުމަހާއި ކަނދުރާއި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނެއެވެ
. މި އަހަރުގެ ފްރެޝް މާރުކެޓް ހުޅުވިފައި ހުންނާނީ ހަ ރޯދަ ނިމެންދެން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން މެންދަމު 1:00 އަށެވެ