ރޯދައިގެ ހަދިޔާގެ ނަމުގައި ދުވަސް އިން ގެނެސްދޭ ދީނީ ނަސޭހަތުގެ ތެރެއިން މިއަދު މިގެނެސްދެނީ ޝައިޚު ނިމާލް މުހައްމަދުގެ ދީނީ ނަސޭހަތްކޮޅެކެވެ. މި ނަސޭހަތުގެ ބަސްކޮޅުގައި ޝައިޚު ނިމާލް ވަނީ އިސްރާފުކުރުމުގެ ނުބައި ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އިސްރާފުކުރަނީ ހަމައެކަނި މުދަލާއި ފައިސާ އިން ނޫންކަމާއި ފާފަތަކުން ވެސް އިސްރާފުކުރާ ކަމަށް ވިދާޅުވެ، އެކަމުގެ ހައްލާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ތިބާ އާއި ތިބާގެ އާއިލާ އާއި ރައްޓެހިންނަށް ވެސް މި ނަސޭހަތުން ފައިދާ އެއް ކޮށްފާނެއެވެ. އަވަހަށް ޝެއާކޮށްލާށެވެ.