މި ރޯދަ މަހު ”ދުވަސް ނޫސް“ ހާއްސަ ވަނީ ކީއްވެ !

އައްސަލާމް އަލައިކުމް. ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ. މި ރޯދަމަހަށް ޚާއްސަކޮށްގެން  ދުވަސް. އެމްވީ އިން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ދުވަސް.އެމްވީ އިން މަސައްކަތްކުރާނީ ދީނީ މުހިއްމު މައުލޫމާތާއި ތަފާތު އާޓިކަލްތައް ގެނެސްދިނުމަށެވެ.

ދީނީ ނަސޭހަތް

ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި ވެސް ޝެއިޚެއްގެ ދީނީ ނަސޭހަތްކޮޅެއް ގެނެސްދޭނެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ޝެއިޚުންނާއި ބައިނަލްއަގުވާމީ ގޮތުން ފާޙަގަކޮށްލެވޭ ޝެއިޚުންގެ ވީޑިއޯ ދަރުސްތައް ގެނެސްދޭނެއެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޝެއިޚުންގެ ނަސޭހަތުގެ ބަސްކޮޅުތައް ނަގާފައި ހުންނާނީ މީގެ ކުރިން ދީފައިވާ ނަސޭހަތްތަކެވެ. މީގެއިތުރުން ވެސް ދީނީ އިބްރަތްތެރި ވާހަކަތައް ގެނެސްދެވޭނެއެވެ.

ހަދިޔާ ޕްރޮގްރާމް

ދުވަސްގެ އިން އިސްނަގައިގެން ޑިސްއެބިލިޓީ އެމްބަސެޑާގެ ފުރިހަމަ ތާއިދާއި އެއްބާރުލުމާއި އެކު ’ހަދިޔާ‘ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ މަގުސަދަކި ކ ގުރައިދޫ މަރުކަޒުގައި ތިބި އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ދިނުމެވެ. އީދު ހަދިޔާގެ ގޮތުގައި ފައިސާ ނޫން އެހެން ކޮންމެ ހަދިޔާއެއް ވެސް ދެވިދާނެއެވެ. މި ހަދިޔާތައް އީދު ދުވަހު އެ ފަރާތްތަކަށް ހަވާލުކުރާނެއެވެ.

ދުވަހުގެ ރެސްޓޯރެންޓް

މިފަހަރު މުޅިން އަލަށް ދުވަހުން މި ގެނެސްދެނީ ބައެކެވެ. މި ބައިގައި ކޮންމެ ދުވަހަކުވެސް ރެސްޓޯރެންޓެއްގެ މައުލޫމާތު ގެނެސްދޭނެއެވެ. ދުވަސް.އެމްވީ ޕޭޖަށް ލައިކް ކުރުމަށްފަހު މި އާޓިކަލް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހެއްގެ ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭނެއެވެ.

ބަދިގެ ތެރެއިން

މި ބައިގައި ކުޅަދާނެ ދިވެހި ޝެފެއްގެ ރެސިޕީ އެއް ކޮންމެ ދުވަހަކު ވެސް ގެނެސްދޭނެއެވެ. މި ބައި ގެންނާނީ ކެއްކުމުގެ ދާއިރާއިން 12 އަހަރަށް ވުރެ ގިނަ ދުވަގެ ތަޖުރިބާ ހުރި ފަރާތަކުންނެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ބެހޭ ތަފާތު މައުލޫމާތުތައް ގެނެސްދޭނެއެވެ.

ނޮހާ އާޗިޕްގެ ހެއްވާ މަޖާ ވީޑިއޯ

މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް ޚާއްސަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އެގޮތުން އިތުރު ތައާރަފަކަށް ބޭނުންނުވާ ނުހާ އާޗިޕްގެ ހެއްވާ މަޖާ ވީޑިއޯތައް ގެނެސްދެވޭނެއެވެ. މި ވީޑިއޯ ތައް ގެނެސްދެނީ ދިރާގުގެ ހެޔޮއެދުންތަކާއި އެކުގައެވެ.

ކުރު ވާހަކަ

ރޯދަ މަހުގެ ކޮންމެ ދުވަހަކު ކުރު ވާހަކައެއް ޕަބްލިޝް ކުރާނެއެވެ. އަދި މުޅި ރޯދަ މަހަށް ދެމިގެންދާ ގޮތަށް ދިގު ވާހަކައެއް ވެސް ގެނެސްދޭނެއެވެ.

މަގޭ ރޯދަ

މި ބައިގައި ރޯދަ އަށް ތިބޭ ބައެއް މީހުންގެ ތަޖުރިބާ ގެނެސްދޭނެއެވެ. ވަޒީފާހެ ގޮތުން ބައެއް މީހުންނަށް ރޯދަ މަހު ކުރާ ތަޖުރިބާ ތަފާތުވެއެވެ. މިސާލަކަށް ރިސޯޓެއްގެ ރެސްޓޯރެންޓެއްގެ ވެއިޓަރަކު ރޯދަ މަހު ކުރާ ތަޖުރިބާ ތަފާތުވާނެއެވެ. މި ފަދަ ފަރާތްތަކުގެ ވާހަކަތައް ދުވަސް އިން ގެނެސްދޭނޭއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *