އުރީދޫ އާއި ޕީއެސްޖީ ގުޅިގެން ރާއްޖޭގައި ބާއްވާ ދެވަނަ ޕީއެސްޖީ އެކެޑެމީ ކޯޗިންގް ކްލިނިކް ފަށައިފި

އުރީދޫ އާއި ޕެރިސް ސެއިންޓް ޖަމެއިން އާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފީއެސްޖީ އެކެޑެމީ ކޯޗިންގް ކްލިނިކް ރާއްޖޭގައި އިއްޔެ ހެނދުނު ފަށައިފިއެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިވާ 200 ކުދިންނަށް މި ކޯޗިންގް ކްލިނިކްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު، މި ކޭމްޕް މެދުވެރިކޮށް މިކުދިންނަށް ފުޓުބޯޅަ ކުޅުމުގެ ހުނަރާއި، މިދާއިރާ އިން ކުރިއަށް ދިއުމަށްޓަކައި ބޭނުންތެރި މައުލޫމާތު ދެވިގެންދާނެއެވެ. ޕީއެސްޖީ ކޯޗިންގް ކޭމްޕް ކުރިއަށްގެންދިއުމަށްޓަކައި، މަޝްހޫރު ޕީއެސްޖީގެ އެކެޑެމީގެ ހުނަރުވެރި ކޯޗުން ކަމަށްވާ ބެންޖަމިން ހޫރީ، އަދި މެތިއު ޖީން ބެޕްޓިސްޓް ވަނީ ރާއްޖެއަށް ވަޑައިގަންފަ އެވެ.

thumbnail_image02

”ރާއްޖޭގެ ކުރިއަރަމުން އަންނަ ފުޓުބޯޅަ ތަރީންނަށް ދެއްވާ ހާއްސަ ތަމްރީންތަކުގެ އިތުރުން، ޕީއެސްޖީގެ ކޯޗުން ވަނީ ކުޑަކުދިން ފުޓުބޯޅައިގެ ދާއިރާއިން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދަވާ ރާއްޖޭގެ ކޯޗުންނާއި ބައްދަލު ކުރައްވާ، ކުޑަކުދިންގެ ފުޓުބޯޅައިގެ ހުނަރު އާލާކޮށް ކުރިއެރުވުމަށްޓަކައި ޕީއެސްޖީ އިން ބޭނުންކުރަމުންދާ ތަފާތު ގޮތްތަކާއި، އުފެއްދުންތެރި ޙިޔާލުތައް ޚާއްސާ ކުރައްވާފައި“ އުރީދޫ އިން ހާމަކުރެ އެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި އުރީދޫ އާއި ޕީއެސްޖީގެ ޕަރޓްނަރޝިޕް 2013 ވަނަ އަހަރުންފެށިގެން ކުރިއަށްދާއިރު، މި ޕަރޓްނަރޝިޕްއިން އެންމެ ބޮޑު އަޙަމިއްޔަތުކަމެއް ދީފައިވަނީ ޒުވާނުން ބާރުވެރިކޮށް، މުޖުތަމައުގެ ކުރިއެރުމަށެވެ. މިގޮތުން، އުރީދޫ އާއި ޕީއެސްޖީވަނީ، މެދުއިރުމަތި، އުތުރު އެފްރިކާ، އަދި ދެކުނު އޭޝިއާގައި ހިމެނޭ އުރީދުގެ މަރކެޓްތަކުގައި ”ޕެރިސް ސެއިންޓް ޖަމެއިން އެކެޑެމީ ކޯޗިންގް ކްލިނިކް“ ތައާރަފްކޮށްފައެވެ.

މިޕްރޮގްރާމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، ކުޅިވަރުގެ މައިދާނުގެތެރެއިން އަދި ބޭރުންވެސް ޒުވާން ކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ހުނަރުތައް ބިނާކޮށް ކުރިއެރުވުމަށްޓަކައި، އުރީދޫ އާއި ޕެރިސް ސެއިންޓް ޖަމެއިންއިން ހިންގާ ޕްރޮގްރާމެއް ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *