އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ޖަހާ މިއަދު މަރާލާފައިވާއިރު މިރޭވެސް މާރާމާރީއެއް ހިންގައި އިތުރު ކުއްޖަކު މަރާލައިފި އެވެ.
ދެވަނަ މާރާމާރީގައިވެސް މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. ފުލުހުން ބުނީ މ ޝަރުމާގޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށެވެ.
އައިޖީއެމްއެޗުން ހާމަކުރާގޮތުގައި ދެވަނަ ކުއްޖާގެ ވާތް ފަރާތުގެ ބުރަކަށީގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށްވެސް އައިޖީއެމްއެޗުން ހާމަ ކުރެ އެވެ.