ކަރީނާ ކަޕޫރު މަންމައަކަށް ވަނީ؟!

ކަރީނާ އާއި ސައިފް ދާދި ފަހުންވަނީ ލަންޑަންގައި ޗުއްޓީ ހޭދަކޮށްފައެވެ. ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި މުމްބާއީއަށް އައިތަނާ އެދެތަރިންގެ ފޭނުންނަށް މިވަނީ އުފާވެރި ޚަބަރެއް ލިބިގެންގޮސްފައެވެ. އާއެކެވެ. ކަރީނާ އާއި ސައިފަށް ދަރިޔަކު ލިބެނީއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކަރީނާގެ ބަނޑަށް މިހާރު ތިން މަހެވެ. އެހެންނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުވާގޮތެއް ނުވެއެވެ.

މިޚަބަރު ކަށަވަރުވެފައިނެތަސް މީގެކުރިން ކަރީނާ ދީފައިވާ އިންޓަރވިއުތަކަށް ބަލާލާއިރު މިއީ ތެދަކަށްވުމުގެ ފުރުސަތު ބޮޑެވެ. ކަރީނާ މީގެކުރިން ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނަ މަންމައަކަށް ވާނީ ކައިވެންޏަށް ދެތިން އަހަރު ފަހުންކަމަށެވެ.2012 ވަނަ އަހަރު މިދެތަރިން ކައިވެނިކޮށްފައިވާއިރު މިއަހަރު އެދަތިރިންގެ ކައިވެންޏަށް 4 އަހަރު ފުރޭނެއެވެ. އެހެންކަމުން މިޚަބަރަކީ ތެދު ޚަބަރަކަށް ވުން ވަރަށްވެސް ގާތެވެ. އަނެއްކޮޅުން ބަލާއިރު ލަންޑަންގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކުގެ ތެެރެއިން ބައެއް ފޮޓޯތަކުން ކަރީނާ ބަނޑުބޮޑުކަމަށް ނިންމުމުގެ ފުރުސަތު ބޮޑުކަމަށް ބޮލީވުޑްގެ ބައެއް ރިޕޯޓްތައް ބުނެއެވެ.މިއުފާވެރި ޚަބަރުގެ ހުރި ތެދުދޮގު އިނގެން އަދި ދުވަސްކޮޅެއް ވާނެއެވެ.

ކަރީނާ އާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ ބޮލީވުޑްގެ އެކްޓްރެސް އަމްރިތާ ސިން އާ ކައިވެނިކޮށްފައެވެ. މިދެމީހުންނަށް ދެ ކުދިން ވަނީ ލިބިފައެވެ. މީގެއިތުރުން ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ ކަރީނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައްޕައަކަށް ވާނެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޝާހިދު ކަޕޫރުގެ އަންހެންނުން މީރާ ވިހެއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *