މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދާ ހިޔަނި ކެބިނެޓެއް އެކުލަވާލައިފިއެވެ.
އެ ހަރަކާތް އިފްތިތާހު ކޮށް އިިދިކޮޅު ލީޑަރުން ޤަރާރުގައި ސޮއި ކުރުމަށް ލަންޑަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2018ގެ އިންތިޚާބުގެ ކުރިން އިންތިގާލީ ސަރުކާރެއްގައި އެކުލާވާލަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ އެންމެން ގަބޫލު ކުރާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ހަމައެކަނި މަގަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
އަދި އެ ސަރުކާރުގެ ބޭނުމަކީ އިންތިޚާބުގެ ކުރިން ޝަރުޢީ ދާއިރާ އިސްލާހުކޮށް ޑިމޮކްރަސީ އަނބުރާ އިޔާދަ ކުރުން ކަމަށެވެ. މީގެ އިތުރުން ޤާނޫނީ ހަމަތައް ނެގެހެއްޓުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޔުނައިޑެޓް އޮޕޮޒިޝަންގެ ލީޑަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އެ ކޯލިޝަނުގެ ހިޔަނި ކެބިނެޓު މެންބަރުންގެ ނަމާއި މަޤާމުތައް އިޢުލާން ކުރައްވާފައެވެ. އެގޮތުން ޔުނައިޓެޑް ކޯލިޝަންގެ ނައިބު ރައީސްއަކަށް އެމްޑީޕީގެ ޗެއަރޕަރސަން ޢަލީ ވަހީދު ހަމަޖައްސަވާފައިވާ އިރު، ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކަރނަލް ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ ހަމަޖެއްސެވީ ކެބިނެޓުގެ އެޑްވައިސަރުންގެ ގޮތުގައެވެ.
ޔުނައިޓެޑް ކޯލިޝަންގެ ހިޔަނި ކެބިނެޓް:
- އެޑިއުކޭޝަން މިނިސްޓަރު – މުސްތަފާ ލުތުފީ
- ޔޫތު އެންްޑް ސްޕޯޓްސް މިނިސްޓަރު- މުހައްމަދު ޝިފާޒް
- އިސްލާމިކް މިނިސްޓަރު- ޑރ. އަބްދުލް ޖަމީލް އަބްދުލް ބާރީ
- ސިވިލް ރައިޓްސް މިނިސްޓަރު- ހަސަން ލަތީފް
- ލޯކަލް ގަވަމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން މިނިސްޓަރު- ގައިސް ނަސީރު
- ހެލްތު އެންޑް ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑާ- ސިދާތާ ޝަރީފް
- ރިސޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް
- އިލެކްޝަން ކޮމިޝަން އެންޑް އިންޑިޕެންޑަންޓް ކޮމިޝަނާ- އަލީ ނިޔާޒް
- ކޮންސްޓިޓިއުޝަނަލް ރީފޯމް މިނިސްޓަރު- ހުސެން ޝަމީމް
- ގުޅިފައިވާ އިއްތިހާދު ސްޕޯކްސް ޕާސަން- އަހުމަދު މަހުލޫފް