އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިޚު ސައުދުބިން ނާސިރު އަލްތާނީ
އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިޚު ސައުދުބިން ނާސިރު އަލްތާނީ

ސަރަހައްދުގެ އެންމެ އަގުހުރި 10 ބްރޭންޑްގެ ތެރޭގައި އުރީދޫ، ބްރޭންޑްގެ އަގު 2.1 ބިލިއަން ޑޮލަރަށް

މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ކުންފުނިތައް ރޭންކްކުރާ ”ބްރޭންޑް ފިނޭންސް“ އިން ހާމަކުރާގޮތުގައި އެ ސަރަހައްދުގެ އެންމެ އަގުހުރި 10 ބްރޭންޑްގެ ލިސްޓަށް އުރީދޫ ހޮވިއްޖެ އެވެ. އަދި އުރީދޫ ބްރޭންޑްގެ އަގު 2.1 ބިލިއަން ޑޮލަރަށް އަރާފައިވާކަން ”ބްރޭންޑް ފިނޭންސް“ އިން ހާމަކޮށްފި އެވެ.

އެ ކުންފުނިން އެކުލަވާލި ރިޕޯޓްގައިވާގޮތުން އުރީދޫގެ ހިދުމަތް ދުނިޔޭގެ އެކި ގައުމުތަކަށް 2013 ވަނަ އަހަރު ފުޅާކުރިފަހުން އުރީދޫގެ ބްރޭންޑް ނަމުގެ އަގު ދިޔައީ އުފުލެމުންނެވެ. މެދުއިރުމަތީގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އުރީދޫ ބްރޭންޑަކީ އެންމެ ވަރުގަދަ ބްރޭންޑް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި މި ބްރޭންޑްގެ އަގު އިތުރަށް ކުރިއަށްދާނެ ކަމަށް އެ ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

އުރީދޫގެ އެ ކާމިޔާބީ އާއި ބެހޭގޮތުން އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިޚު ސައުދުބިން ނާސިރު އަލްތާނީ ވިދާޅުވީ ގަތަރުގައި ފެށި އުރީދޫ ބްރޭންޑް މިހާރު ބައިނަލްއަގުވާމީ ބްރޭންޑަކަށް ބަދަލުވެފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *