މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ހޯދަޑު/ އިނަފް، މުޙައްމަދު ނާޘިމް ނަސީމް (38އ) ކަމަށެވެ.

މުޙައްމަދު ނާޘިމް ނަސީމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *