އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހަރް ޕްރަކާޝް ރިޝީ ނަމަކަށްކިޔާ މީހަކު ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމަށް އޭނާގެ އަމިއްލަ ދަތްކޮޅު އުފުރާލައިފި އެވެ.
ދަތްކޮޅު އުފުރާލުމަށްފަހު މުޅި ގައިގާ ޓެޓޫގެ ގޮތުގައި 366 ގައުމެއްގެ ދިދަ އޭނާގެ ހަށިގަނޑަށް އަރުވާފައިވާއިރު ޕްރަކާޝް ރިޝީ މިހާތަނަށް 20 އަށްވުރެ ރެކޯޑް ގާއިމް ކޮށްފައި ވެ އެވެ.
ޕްރަކާޝް ރިޝީގެ ދަތްކޮޅު އުފުރާލީ އެއްފަހަރާ އަނގައިގެތެރެއަށް، ޖޫސްބޯން ބޭނުންކުރާ ވައްތަރުގެ 500 ހޮޅި އެއްފަހަރާ ލުމަށެވެ. އަދި ދަތްތައް އުފުރާލުމުން އެއްފަހަރާ 50 އުއްބައްތި އޭނާގެ އަނގަޔަށް ލެވޭނެކަމަށްވެސް އޭނާ ބުނެ އެވެ.
ޕްރަކާޝް ރިޝީ އެންމެ ފުރަތަމަ ދުނިޔޭގެ ރެކޯޑެއް ގާއިމްކުރާ 1990 ވަނަ އަހަރު އޭނާގެ ދެ ރައްޓެހިންނާ އެކުގަ އެވެ. އެ ފަހަރު ރެކޯޑް ގާއިމްކުރީ 1001 ގަޑިއިރު ސްކޫޓަރެއް ދުއްވައިގެންނެވެ. ޕްރަކާޝް ރިޝީ ގާއިމްކޮށްފައިވާ ރެކޯޑްތަކުގެ ތެރޭގައި އިންޑިއާގެ ވެރިރަށް ދިއްލީ އިން ސެން ފްރެންސިސްކޯއަށް ޕިއްޒާއެއް ޑެލިވާކުރުންވެސް ހިމެނެ އެވެ.
One Response
Moyavebala dho