ހދ ކުޅުދުއްފުށި ފިހާރައެއްގެ ޓިނުތައް ނަގައިގެން ވަދެ ވައްކަން ކޮށްފި އެވެ.
ކުޅުދުއްފުށީގައި ހިންގަމުން އަންނަ ނޫހެއް ކަމަށްވާ ކުޅުދުއްފުށި.ކޮމް ގައި ބުނެފައިވަނީ ފުރާޅުން ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފައިވަނީ އެ ރަށު ރިއަލް ޕޮއިންޓް ނަމަކަށް ކިޔާ ފިހާރައަކުން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ނޫހަށް މައުލޫމާތު ދެމުން ރިއަލް ޕޮއިންޓްގެ ފަރާތުން ވާހަކަދައްކި މީހަކު ބުނީ ފިހާރައިން ވައްކަން ކޮށްފައިވަނީ ފުރާޅުން ޓިނުގައިގެން ވަދެ ކަމަށާއި ވަގަށް ގެންގޮސްފައިވަނީ ފައިސާ ކަމަށެވެ.
އެއްވެސް މުދަލެއް ގެއްލިފައިވާ ކަން އަދި ފާހަގަ ނުކުރެވޭ ކަމަށާއި ވަގަށް ގެންގޮސްފައިވަނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށްވެސް އެ ފިހާރައިގެ ފަރާތުން މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެ އެވެ.