އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް (ކ) : ފައިލް ފޮޓޯ
އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް (ކ) : ފައިލް ފޮޓޯ

މިނިސްޓަރ ތާރިޤް ކެންޔާއަށް ފުރާވަޑައިގެންފި

އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ކެންޔާއަށް ފުރާވަޑައިގެންފިއެވެ.

އެ މިނސްޓްރީން ބުނީ މިއީ ދުނިޔޭގެ ތިމާވެއްޓާ ބެހޭ ބައްދަލުވުމެއްގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ބައްދަލުވުމަކީ މި މަހުގެ 23 އިން 27 އަށް ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ހެޑް އޮފީހުގައި އިންނަ ބައްދަލުވުމެއް ކަމަށެވެ.

މިއީ ދުނިޔޭގެ ތިމާވެއްޓާއި ބެހޭ އެންމެ މަތީ ފެންވަރުގެ ބައްދަލުވުމެއް ކަމަށާއި  މިބައްދަލުވުމަކީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އދ. ގެ ޢާންމު ޖަލްސާގައި 2030 އަށް އަމާޒުކޮށް އެކުލަވާލި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ފާސްކުރުމަށްފަހު، ބޭއްވޭ ތިމާވެށީގެ މަތީފެންވަރުގެ ފުރަތަމަ ބައްދަލުވުން ކަމަށްވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިއާރަކީ ”2030ގެ ނިޔަލަށް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ތިމާވެއްޓާއި ގުޅޭ ލަނޑުދަނޑިތައް ހާސިލް ކުރުން ކަމަށާއި އެހެންކަމުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ތިމާވެށީގެ އެކި ދާއިރާތަކުން ހާސިލްކުރަން ޖެހޭ ގިނަ ލަނޑުދަނޑިތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި މިހާތަނަށް ދުނިޔޭގެ 170 ގައުމުން 2400 އަށް ވުރެ ގިން މަންދޫބުން ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ އިރު، މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ތިމާވެށީގެ ހާލަތާއި ތިމާވެށީގެ އެކި މައްސަލަތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓްތައް ހުށަހެޅުން ހިމެނެއެވެ.

އެގޮތުން ދިރޭތަކެތީގެ ވަގު ވިޔަފާރި އާއި ސައިންސާއި ޕޮލިސީއާއި ހުރި ގުޅުންތަކާއި ކެމިކަލް އާއި އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ލިބޭ ގެއްލުމާއި ވައި ނުސާފުވުން ހިމެނެއެވެ. އަދި ދިރުންތަކުގެ ދިރުން ދެމެހެއްޓުމާއި ދުނިޔޭގެ ފެނުގެ މައްސަލަތަކާއި ދުނިޔޭގެ ތިމާވެށި މޮނީޓަރ ކުރުމާއި މިފަދަ އެހެނިހެން ކަންކަމާއި ބެހޭ ރިޕޯޓްތައްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 26 އާއި 27 ވަނަ ދުވަހު މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް ބާއްވާ ސެޝަންތަކެއް ކުރިއަށްދާ އިރު، މި ސެޝަންތަކުގައި މިނިސްޓަރު ތޯރިގް ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *