ސްޓޭންޑާޑް ފަސްޓް އެއިޑް ސެޓްފިކެޓް 40 ފުލުހުންނަށް ލިބިއްޖެ

ސްޓޭންޑާޑް ފަސްޓްއެއިޑް ސެޓްފިކެޓް 40 ފުލުހުންނަށް ލިބިއްޖެއެވެ.

ފުލުހުންނަށް މި ސެޓްފިކެޓް ދީފައިވަނީ ދިވެހި ރެޑް ކްރްސެންޓާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިންގި ފަސްޓް އެއިޑް ކޯހުގެ ދެ ބުރެއްގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްގެންނެވެ.

ފުލުހުން ހާމަކުރާގޮތުގައި މިމަހުގެ 10 ން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ދެ ބުރެއްގެ މަތިން ހިންގި ކޯހުގައި ބައިވެރިވެފައިވަނީ މެރިން ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންނާއި، ކަސްޓޯޑިއަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންނެވެ.

މި ކޯހަކީ ފުލުހުން ޑިއުޓީގައި އުޅޭއިރު އަދި އެނޫން ވަގުތުތަކުގައިވެސް ފުރަތަމަ އެހީގެ ގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ވާޖިބަކަށް ވާތީ ކޮންމެ ފުލުހަކީވެސް ފުރަތަމަ އެހީ ދިނުމުގެ ޢިލްމު ލިބިފައި ހުރި މީހަކަށް ހަދައި އެކަމަށް މަސައްކަތް ކުރުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ހިންގަން ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ހިންގި ކޯހެއް ކަމަށް ފުލުހުން ހާމަކުރެ އެވެ. First-Aid-2

މި ކޯހުން ފާސްވެ ސެޓްފިކެޓް ޙާޞިލްކުރި ފުލުހުންނަށް ސެޓްފިކެޓް ދެއްވާފައިވަނީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަމްދޫން ރަޝީދު ވިދާޅުވީ ފުލުހުންނަކީ ތަޢުލީމާއި ތަޖުރިބާ ލިބިގަތުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށާއި މަސައްކަތުގެ މާޙައުލުގައި ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ތިބޭ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށެވެ.

ސެޓްފިކެޓް ދިނުމުގެ މި ރަސްމިއްޔާތުގައި ދިވެހި ރެޑްކްރެސެންޓުގެ ރައީސް ޢަލީ ނާޝިދު އާއި އެ މުއައްސަސާގެ އިސްވެރިންގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ފުލުހުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *