އަތުލައިގެންފައިވާ ސޯސްފުޅިތައް -- ފޮޓޯ: ކަސްޓަމްސް
އަތުލައިގެންފައިވާ ސޯސްފުޅިތައް -- ފޮޓޯ: ކަސްޓަމްސް

ވައިޓްވައިން ބޭނުންކޮށްގެން އުފައްދާފައިވާ ސޯސްތަކެއް މާލޭގައި ވިއްކަމުންދަނިކޮށް އަތުލައިގެންފި

ވައިޓްވައިން ބޭނުންކޮށްގެން އުފައްދާފައިވާ ސޯސް ފުޅިތަކެއް މާލޭގައި ވިއްކަމުން ދަނިކޮށް އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ ވައިޓް ވައިން ބޭނުންކޮށްގެން އުފައްދާފައިވާ ސޯސް ފުޅިތަކެއް މާލޭގެ ފިހާރައަކުން ވިއްކަމުން ގެންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަސްޓަމްސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ފާހަގަކުރެވުނު ހުރިހާ ފުޅިތަކެއް ހިފަހައްޓައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އަތުލައިގެންފައިވާ ސޯސްފުޅިތައް -- ފޮޓޯ: ކަސްޓަމްސް
އަތުލައިގެންފައިވާ ސޯސްފުޅިތައް — ފޮޓޯ: ކަސްޓަމްސް

”ގާނޫނީ ގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެކޮށް ވިއްކަން ހުންނަކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިއްޖެ ނަމަ، އެ ތަކެތި ހިފަހައްތައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެވޭނެ“ ކަސްޓަމްސް އިން ބުނެ އެވެ.

އަތުލައިގެންފައިވާ ސޯސްފުޅިތައް -- ފޮޓޯ: ކަސްޓަމްސް
އަތުލައިގެންފައިވާ ސޯސްފުޅިތައް — ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން އިތުރަށްބުނީ މިފަދަ އެއްވެސް އެއްޗެއް ވިއްކަން ނުވަތަ އެނޫންގޮތަކަށްވެސް ރާއްޖޭގައި ގެންގުޅޭކަމަށް ފާހަގަކުރެއްވޭނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރު 1416 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *