ޑައިވިނަށް ފޭބި މީހަކު ޑީކޯވެގެން، އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު ހަރަކާތްތެރިވާން ފަށައިފި

އެންދަމަށް ޑައިވިނަށް ފައިބައިގެން އުޅުމުގެ ތެރޭގައި ޑިކޮމްޕްރެޝަންގެ މައްސަލަ ކުރިމަތިވި މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކުރަނގި ހެލިކޮޕްޓަރު ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެންދަމަށް ހަތަރު ފަހަރެއްގެ މަތިން ޑައިވިނަށް ފޭބުމާ ގުޅިގެން ޑިކޮމްޕްރެޝަންގެ މައްސަލަ ދިމާވި، އުމުރުން 32 އަހަރުގެ ގދ.ގައްދޫ، ގްރީންވިލާ މުޙައްމަދު އަފްރާޙްއަށް ގދ.ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ސަންގްރިއްލާ ވިލިގިލީ ރިސޯޓްގެ ޑިކޮޕްރެޝަން ޗެމްބަރއަށް ލުމަށްޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާގެ ކުރަނގި ހެލިކޮޕްޓަރުގައި ބަލި މީހާ ގޮވައިގެން ގދ.ގައްދޫން ފުރައިގެން ސަންގްރިއްލާ ވިލިގިލީ ރިސޯޓަށް ދިޔުމަށް ދަނީ ދަތުރުކުރަމުން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުޙައްމަދު އަފްރާޙް، މިއަދު 30 މީޓަރާއި 46 މީޓަރާ ދެމެދަށް ހަތަރު ފަހަރެއްގެ މަތިން ވަނީ ޑައިވިންގ ކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *