ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި އެ އިސްލާހު ފާސްވީ 46 މެންބަރުން އެކަމަށް ތާއީދުކޮށް ވޯޓު ދެއްވުމުންނެވެ. މި އިސްލާހާއި ދެކޮޅަށް 19 މެންބަރުން ވޯޓުދެއްވާފައި ވެއެވެ. ވަކި ކޮޅަކަށް ޥޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

އެ ގާނޫނަށް ގެނައި އިސްލާހު ރައީސުލޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ ތިން ދުވަސްތެރޭ ވަކި ކުރަން ބޭނުންވާ ދެ ފަނޑިޔާރެއްގެ ނަންފުޅު ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ އެވެ. އަދި ހަތް ދުވަސްތެރޭ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ.

އޭގެ އިތުރުން ކޯޓުތަކާއި ބެހޭ ގާނޫނަށް ޝަރީފު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ހައިކޯޓުގެ ދެ ގޮތްޕެއް އަތޮޅުތެރޭގައި ރައީސް ބިލް ތަސްދީގު ކުރައްވާތާ 90 ތެރޭގައި ގާއިމް ކުރަންޖެހެ އެވެ. އެބިލްގައިވާގޮތުން މިހާރު ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެއިން ކޮންމެ ގޮތްޕަކަށް ކަނޑައަޅަން ޖެހެ އެވެ.

ހައިކޯޓުގެ ގޮފިތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅައި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓުގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެކަނި ކަމަށް ވެސް އެ ބިލްގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *