ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ބަސް އެކްސިޑެންޓް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަސް އެކްސިޑެންޓްވީ ހުޅުލޭ ތަނބެއްގައި ޖެހިގެން ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
އަދި އެކަން ހިނގީ ދާދި ދެންމެއަކު ކަމަށާއި އެ ސީންގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.