ފުލުހުން ވިދާޅުވީމި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:45 ހާއިރު ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޝައީދު ވިދާޅުވީ މޫދަށް އެރިގެން އުޅެނިކޮށް މަރުވީ އުމުރުން 15 އަހަރުގެ އެ ރަށު ޝިމާޒް އަހުމަދު ކަމަށާއި އެ ކުއްޖާ މޫދަށް ގެނބުނީ އިތުރު 4 ކުދިންނާއެކު މޫދަށް އެރި އުޅުމުގެ ތެރޭގައި ކަމަށެވެ.
”އެވަރުގެ 5 ކުއްޖަކު މޫދަށް އެރިގެން ދިޔައީ ޖެހިގެން އޮތް ރަށް، ހުޅިމެންދުއަށް ހިނގާލާފައި އެރަށަށް ދެވޭ، ދެން އެނބުރި އައުމުގެ ތެރޭގައި އެކުއްޖާ ފުންގަނޑަކަށް ދިޔައީ އެކުއްޖާއަކަށ ފަތާކަށް ނޭންގޭ، އެތާ ތިބީ ފަތަން އެނގޭ އެންމެ ދެ ކުދިން، އެ ކުދިން މަސައްކަތް ކުރި ސަލާމަތް ކުރަންވެސް، އެކުދިންގެ މަސައްކަތުން އެކަން ނުވުމުން ދުވެފަ ރަށަށް އައިސް ކައުންސިލް މެދުވެރިކޮށް ފުލުހުންނާ ސިފައިންނަށް އެންގޭ“ ޒިންމާދާރު ވެރިޔާ ވިދާޅުވިއެވެ.
ޒިންމާދާރުވެރިޔާ އިތުރަށް ވިދާޅުވީ އެ ކުއްޖާ ނެގީ މޫދު އަޑީގައި އޮއްވާ ކަމަށާއި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެކުއްޖޭ ބެލި ޑޮކްޓަރު ބުނި ކަމަށެވެ. އަދި އެ ކުއްޖާއަކީ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށްވެސް ޒިންމާދާރު އިސްވެރިޔާ ވިދާޅުވިއެވެ.