އަރުޖުންއާއި ސޮނާކްޝީގެ ގުޅުމުގެ ހަގީގަތް ހާމަވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި ސޮނާކްޝީ ސިންގ ރައްޓެހިގެން އުޅޭ ކަމަށް ބުނެ ބޮލީޑވުޑްގެ ޚަބަރުތައް ގެނެސްދޭ އެކި ސައިޓްތަކުން މިދިޔަ ދެތިން ދުވަހު ޚަބަރު ފަތުރަމުން ދަނިކޮށް މި ގުޅުމުގެ ހަގީގަތް ފަޅާ އަރައިފި އެވެ.

މިދިޔަ ދެތިން ދުވަހު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ހުރިހާ ނޫހެއްގައިހެން ވަނީ މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަމަށް ރަސްމީކޮށް އިއުލާންކޮށް ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމު ކުރަމުން ދާކަމަށް ބުނެފައި އެވެ. އަދި އެ ތަރިން އެކުގައި އުޅެން ވަރަށް ގުޅޭ ކަމަށާއި، ދެމީހުން އުޅޭގޮތުން ޚިޔާލު އެއްގޮތް ކަމަށް ފެންނަކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

އެ ދެމީހުންވަނީ އާންމުން އެއްވެ އުޅޭތަންތަނަށް ރޭ ގަނޑު ދަންވަރު އެއްކޮށް ގޮސް މީހުންގެ ސަމާލުކަން ހޯދާފައެވެ. ދެމީހުން އެކަނި ފިލްމް ބަލަން ގޮސްފައިވާއިރު ދެމީހުން ތަފާތު ގޮތް ގޮތަށް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލާފައި ވެއެވެ.

އެހެން ނަމަވެސް ދެ ދުވަސް ފަހުން މިވަނީ އަނެއްކާ އެ ދެމީހުންނާއި ގުޅޭ ސުރުހީ ބަދަލު ކުރަންޖެހިފައެވެ.

ހަގީގަތުގައި އަރްޖުންއާއި ސޮނާކްޝީ އުޅެނީ ރައްޓެހިވެގެންނެތް ނޫނެވެ. ކުރިހާވެސް މަސައްކަތަކީ ދެން އެންމެ އަވަހަށް ނުކުންނަ އެ ދެމީހުންގެ ފިލްމް ”ތޭވަރް“ ޕްރޮމޯޓު ކުރުމެވެ. ދެ ތަރިންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއި އެކުގައި އުޅޭތައް މީހުންނަށް ދައްކަން އުޅުނީ އެ ފިލްމްގެ ޕްރޮމޯޝަން ޓީމުން ބުނެގެންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *