އެހެން ސްޓާރުންނާއި ޚީލާފަށް ސަޕޯޓަރުންނަށް އެއްގޮތަކަށްވެސް ނޫނެކޭ ނުބުނާ، ސަޕޯޓު ކުރާ ފަރާތްތަކާއި ގާތް ގުޅުމެއް ބައްވަން ބޭނުންވާ ބޮލީވުޑް ސްޓާރެއްގެ ގޮތުގައި ކާމިޔާބު ފިލްމްތަކެއް ކުޅެމުން އަންނަ ޝްރަދާ ކަޕޫރު ފާހަގަ ކުރެވިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ ދަނީ އޭނާ ކުޅޭ ފިލްމްތަކާއި ގުޅޭގޮތުން ޓްވިޓާ މެދުވެރިކޮށާއި އާންމުންނާއި ދިމާވުމުން ޚިޔާލު ހޯދާ ހަދަމުންނެވެ. އޭނާގެ ސަޕޯޓަރުން އޭނާއަށް ކުރާ ޓްވީޓުތަކަށްވެސް އޭނާ ޖަވާބުދޭއިރު އޮޓޯގްރާފް ހޯދަން އެދޭ ހުރިހާ އެންމެންނަށް އޭނާ އޮޓޯ ގްރާފް ދެއެވެ. އަދި ޝްރަދާ އާއި އެކު ސެލްފީ ނަގަން ބޭނުން ކޮންމެ މީހަކަށް އޭނާ އާއި އެކު ސެލްފީ ނެގޭކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އޭނާ ކުޅުނު ހަތަރު ފިލްމްގެ ތެރެއިން ތިން ފިލްމްގެ ކާމިޔާބީއަށް ފަހު ޝްރަދާ ގަބޫލް ކުރާގޮތުގައި އޭނާއަށް ސަޕޯޓު ކުރާ ފަރާތްތައް ހިތްހަމަ ޖައްސައިދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެންވެ ޝްރަދާ ދަނީ އޭނާ އާއި އެކު ސެލްފީ ނަގަން ބޭނުންވާ ފަރާތްތަކާއި މަގުމަތިން އޭނާއާއި ވާހަކަދައްކަން ބޭނުންވާ ފަރާތްތަކުގެ އިތުރުން އޮޓޯގްރާފަށް އެދޭ ފަރާތްތައް އެފުރުސަތު ހަމަހަމަ ކޮށް ދެވޭތޯ ބަލަމުންނެވެ. އެގޮތުން އޭނާވަނީ މިފަހަކުން ހޮޓަލެއްގެ ސިޑިއަކުން ދިމާވި ދެ މީހަކާއި ވާހަކަދައްކަން ފަސް މިނިޓް ހޭދަކޮށްފައެވެ.
މީގެ އިތުރުން ޝްރަދާއަކީ ބަގީޗާ ހެއްދުމަށްވެސް ވަރަށް ޝައުޤުވެރިކަން ހުންނަ ތަރި އެކެވެ. އޭނާގެ ގޭގައި އަމިއްލަ ކުޑަ ބަގީޗާއެއް ހަދާފައިވާއިރު ތަފާތު ވައްތަރުގެ މާ އެ ބަގީޗާގައި އޭނާ ހައްދައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ ފިލްމް ޝޫޓިންގ އަކަށް ރަށުން ބޭރަށް ދާނަމަ، ދަނީ އޭނާގެ މުވައްޒަފުންނަށް ވަރަށް ރަނގަޅަށް ބަގީޗާ ބަލަހައްޓަންވީ ގޮތް ކިޔާދީފައެވެ.
ޝްރަދާ އެންމެ ފަހުން ކުޅުނު ފިލްމްތައް ކަމަށްވާ އާޝިގީ 2 އާއި އޭކް ވިލަންގެ އިތުރުން ހައިދަރަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.