އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިހާބަށް ފަހު މުހައްމަދު އާސިފް އަދި ޝަރީފް ފޮޓޯއަކަށް ހުއްޓިވަޑައިގެން.
އެމްއެމްސީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިހާބަށް ފަހު މުހައްމަދު އާސިފް އަދި ޝަރީފް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

މީޑިއާ ކައުންސިލްގެ ރައީސަކަށް މޮންދު، ނައިބު ރައީސަކަށް އަހުމަދު ޝަރީފް

އަލަށް އިންތިޚާބުކުރި މޯލްޑިވްސް މީޑިއާކައުންސިލް ގެ ރައީސް ކަމަށް މުހައްމަދު އާސިފް (މޮންދު) އަދި ނައިބު ރައީސަކަށް އަހުމަދު ޝަރީފް ނަފީސް މިއަދު ހޮވައިފި އެވެ.

މި ދެމަގާމަށް މި ދެބޭފުޅުން ހޮވީ ހޯމް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ. އެ ދެ މަގާމަށް ކުރިމަތިލެއްވީވެސް އެ ދެބޭފުޅުން އެކަންޏެވެ. އެކަމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ ވޯޓަށް ނުގޮސް އެ ދެ ބޭފުޅުންގެ ނަން ވަނީ ފާސްވެފަ އެވެ.

މީޑިއާ ކައުންސިލްގެ އާ ދައުރަށް މީޑިއާތަކުން ހޮވިފައި ވަނީ ވީޓީވީގެ މޮންދު އާއި ހޯމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝަރީފްގެ އިތުރުން ސަންގެ ހުސެއިން ހަސަން އާއި ދިޓީވީގެ ފަރާތުން ވާދަކުރެއްވި ހިދާޔަތުﷲ އާއި ހަވީރު ނޫހުގެ އަހުމަދު ހަމްދޫނާއި ޓީވީއެމުން ހަފުސީ އަބްދުﷲ އާއި އެޓޯލް ޓީވީން ކުރިމަތިލެއްވި މުހައްމަދު ރަފީއު އާއި އުތުރުޑޮޓްކޮމްގެ މިއުސަމް އައްބާސް އަދި ދުވަސް އޮންލައިނުން ފަރެސް މުހައްމަދު އާމިރެވެ.

އަމިއްލަ ފަރާތްތަކުގެ ތެރެއިން ހޮވުނީ ހ. މައިދާން މުހައްމަދު މުރާދާއި މ. މިރުސްގަސްދޮށުގޭ އައިމިނަތު ހަސަނާއި ސ. މީދޫ ބަހާރުގޭ އަހުމަދު ޒަކީ ނާފިޒާއި މއ. ލޫޕިން އަހުމަދު މިޒްމާދާއި އަބްދުއްލަތީފް އަހުމަދާއި މ. މާހިއާ، ލީޝާ މުހައްމަދެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *