ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް އައިލެންޑަށް ލިބުނުއިރު ބަށިރާނީއަކަށް އެޓީމުގެ ޖާރސީ ނަންބަރ 3 ހައްވާ ލިއުޝާ ހޮވިއްޖެއެވެ.
އިއްޔެ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި ލ.ގަމު މާހިއްނަ އެކްރިއޭޝަން އެންޑް ރެކްރިއޭޝަންގެ މާސް އަދި ރިއަލް އައިލެންޑް ބައްދަލުކޮށް 24 ލަނޑު 7 ފޯލި، 38 ލަނޑު 8 ފޯލިން މެޗު ކާމިޔާބުކުރީ ރިއަލް އައިލެންޑެވެ. ފައިނަލްމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް އައިލެންޑްގެ ޖާރސީ ނަންބބަރ 7 އައިމިނަތު އަލީއެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ލ.ފޮނަދޫ ފްރެންޑްސް ފޯ އެންވަޔަރަންމަންޓް އެންޑް ހެލްތް އިނީޝިއޭޓިްވގެ ފެހިޓީމެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވަނީ ބަށިރާނީއަކަށް ހޮވުނު ރިއަލް އައިލެންޑްގެ ޖާރސީ ނަންބަރ 3 ހައްވާ ލިއުޝާއެވެ.
ރިއަލް އައިލެންޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެނެވެ.










