2014 ވަނަ އަހަރު އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން ސާރޗްކޮށްފައިވަނީ ”ނަރެންދުރަ މޯދީ“ : ބިންގް

ބިންގް ސާރޗް އެންޖިންއިން ނެރެ އާމުކޮށްފައިވާ 2014 އަހަރުގެ ސާރޗް ރިޕޯރޓް ދައްކާ ގޮތުން އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން ސާރޗް ކޮށްފައިވަނީ ނަރެންދުރަ މޯދީގެ ނަމެވެ. އެގޮތުން މޯދީ ވަނީ ސިޔާސީ އެހެނިހެން ލީޑަރުން ކަމަށްވާ ޖަޔާލަލިތާ، އިރާނީ އަދި ޖަވާހަރް ލާލް ނެހުރޫ ފަދަ މަޝްހޫރު ފަރާތްތަށް ފަހަތަށް ޖައްސާލާފައެވެ.

އިންޑިއާގެ ރައްޔިތުން އެންމެ ގިނައިން ސާރޗް ކޮށްފައިވާ ކުޅިވަރުގެ ޝަހުސިއްޔަތަކީ ކުރީގެ ކްރިކެޓް ތަރި ސޯރަވް ގަންގޫލީއެވެ. އަދި ފިލްމީ ދާއިރާގެ ތަރިންގެ ތެރެއިން ލިސްޓްގެ އެންމެ ކުރި ލިބިފައިވަނީ ސަނީ ލިއޯން އަށެވެ. ދެވަނައިގައި ކެޓްރީނާ އަދި 3 ވަނައިގާވަނީ ދިޕިކާ ޕަޑޫކޯންއެވެ.

ހަބަރު ހޯދުމަށް އެންމެ ގިނައިން އިންޑިއާގެ ރައްޔިތުން ސާރޗްކޮށްފައިވަނީ އައިއެސްއެސް އެވެ. ހައިރާން ކުރުވަނިވި ގޮތަކަށް އައިއެސްއެސް ލިސްޓްގެ އެއްވަނައަށް އެރީ 2014 ވަނަ އަހަރުގެ އިންތިހާބް އަދި ”މަންގަލްޔާން“ (މާރސް މިޝަން) ފަހަށް ޖައްސާލުމަށްފަހުގައެވެ.

 އިންޑިއާގެ އިންޓަރނެޓް އޯޑިއަންސްއިން ޕްރޯ ކަބައްޑީ އަދި އިންޑިއަން ސުޕަރލީގުވަނީ ތަފާތު ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *