މެސީ ބޮލުގައި ފުޅިއަކުން ޖެހި ސްޕޯޓަރެއް އުމުރު ދުވަހަށް ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރަނީ

މެސީ ބޮލުގައި ފުޅިއަކުން ޖެހި ސަޕޯޓަރެއް އުމުރު ދުވަހަށް ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރާނެކަމަށް ސްޕެނިޝްލަލީގާގެ ކުލަބް ވެލެންސިއާއިން ބުނެފިއެވެ.

އެންމެ ފަހުން ސްޕެނިޝްލަލީގާގައި ބަރސެލޯނާއިން ވެލެންސިއާއާއި ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުގައި މެސީގެ ބޮލުގައި ޕްލާސްޓިކް ފުޅިއަކުން ސަޕޯޓަރަކު ޖެހިކަންވަނީ މަންޒަރުތަކުން ޔަގީންވެފައެވެ. އުމުރުން 27 އަހަރުގެ މެސީއަށް ފުޅިން ޖެހުމުގެ ސަބަބުން އަނިޔާ ނުވިނަމަވެސ ވެލެންސިއާއިން ނެރުނު ސްޓޭޓްމަންޓް ބުނެފައިވަނީ ފުޅި އެއްލި ސްޕޯޓަރު ހޯދާ ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެއްވެސް ވަރަކަށް މާފް ނުދެވޭނެކަމަށްވެސް ކުލަބުން ބުނެފައިވެއެވެ.

ބަރސާގެ ކޯޗު ލުއިޒް އެންރިކޭ މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ފުޓުބޯޅައަށް ހުތުރުއަރުވަން ފުޓުބޯޅައިގެ ނަމުގައި ބަޔަކު ހިންގާ ޖަރީމާތަކެއް ކަމަށެވެ. އެގޮތުން ހަމައެދުވަހު އެތްލެޓިކޯ މެޑްރިޑް އަދި ޑެޕޯޓިވް ލަކަރޫނާ ސަޕޯޓަރަކު މަރުވުންވެސް އެއީ އިންތިހާއަށް ހިތާމަކުރާ ކަމެއްކަމަށް އެންރިކޭ ފާހަގަކުރިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *