އިސްލާމިކް މިނިސްޓަރު މަޖިލީހަށް ޖަވާބުދާރިވެވަޑައިގަންނަވަނީ-- ފޮޓޯ/ މަޖިލިސް އިދާރާ
އިސްލާމިކް މިނިސްޓަރު މަޖިލީހަށް ޖަވާބުދާރިވެވަޑައިގަންނަވަނީ-- ފޮޓޯ/ މަޖިލިސް އިދާރާ

ރައީސް ޔާމީން ހައްޖަށް ނުދާކަމަށް ވާހަކަ ދައްކަނީ ވެރިކަމުގައި ހައްޖަށްދާން ބޭނުންވެ ނުދެވުމުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ އަޅުކަން އަދާނުކުރައްވާ ކަމަށް ވާހަކަފުޅު ދައްކަވަނީ ވެރިކަމުގައި ހައްޖަށް ދާން ބޭނުންވެ އެކަމު ނުދެވިފައި ތިބި މީހުން ކަމަށާއި ރައީސް ޔާމީން ހައްޖަށް ނުދާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކުރެއްވި ސުވާލަކަށް ދެއްވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޔާމީން ހައްޖު ނުކުރައްވާ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އެމަނިކުފާނު ހައްޖު ކުރެއްވި ކަމަށާއި އެމަނިކުފާނު ހައްޖު ކުރެއްވީ އދ. ގެ ޖަލްސާއަކަށް ވަޑައިގަންނަވަން އޮއްވާ އެކަން ކެންސަލް ކުރައްވާފައި ކަމަށެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމުގައި ހުންނެވިއިރު ހައްޖަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވުމުން، އެކަމާ ވިސްނައިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.  އަދި އެމަނިކުފާނުގެ ވެރިކަމުގައި ހައްޖަށް ފޮނުއްވެވީ ނަޝީދުގެ އަނބިކަނބަލުން އެކަނި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމިނާ މެދު އެފަދަ ވާހަކަފުޅުތަކެއް ދެއްކުމަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންތައްތައް އިތުރަށް ކިޔުމަށް ހުޅުވާލާ ”ދޮރެއް“ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *