އެސްޓީއޯ އިން ނިލަންދޫގައި ހުޅުވި ފާމަސީން ހިދުމަތްދެނީ--ފޮޓޯ އެސްޓީއޯ
އެސްޓީއޯ އިން ނިލަންދޫގައި ހުޅުވި ފާމަސީން ހިދުމަތްދެނީ--ފޮޓޯ އެސްޓީއޯ

އެސްޓީއޯގެ 50 ވަނަ ފާމަސީ، ގއ ނިލަންދޫގައި ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ގއ. ނިލަންދޫގައި އެސްޓީއޯއިން ފާމަސީއެއް ހުޅުވާ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ގއ.ނިލަންދޫގައި މިހުޅުވުނު “އެސްޓީއޯ ފާމަސީ ގއ.ނިލަންދޫ” އިން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ނިލަންދޫގައިގައި މިހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 50 ބަދަލުވެފައިވާކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *