މާފުށީ ޖަލު
މާފުށީ ޖަލު

މާފުށި ޖަލުގައި މާރާމާރީ ހިންގައިފި

މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޕްރިޒަން އޮފިސަރުންތަކަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ..

ދުވަހަށް މައުލޫމާތުދެއްވަމުން ޕްރިޒަން އޮފިސަރަކު ބުނީ ގައިދީންގެ ބޯ ގުނަން ވަން އޮފިސަރުންނަށް ހަމަލާދޭން އުޅުމުން އެކަން ހުއްޓުވަން އުޅުނު އިމަޖެންސީ ސަޕޯޓް ގްރޫޕަށް ދިން ހަމަލާގައި ތިން މީހެއްގެ ބޯ ފެޅި އެހެން ދެ އޮފިސަރަކަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ. ބޯ ފެޅުނު އޮފިސަރުގެ ހާލު ސީރިއަސް ކަމަށާއި އެ ފަސް މީހުންވެސް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ސީރިއަސް އަނިޔާވި މީހާގެ ބޮލުގައި ގައިދީން ވަނީ ދަގަނޑު ބުރިއަކުން ޖަހާފައި އެވެ.

މި ހަމަލާ ދީފައިވަނީ ޔުނިޓް ތިނެއްގައި ތިބި ގައިދީންތަކެކެވެ. އެކަމަކު މިރޭ ގައިދީން އެމީހުންނާ ދިމާކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ޖަލުތަކުގައި ބޯ ގުނާ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައި އެވެ. އެއީ ނުރައްކާތެރި ދެ ކުށްވެރިޔަކު ފިލުމާ އެކު ގައިދީންގެ ބޯ ގުނުން ކުރިއަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ގެންދިއުމަށް ގެނެވުނު ބަދަލެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *