ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރަކު އެ ރަށުގައި އުޅޭ ތިން ބިދޭސީއަކަށް ވަޅިން ހަމަލާ ދީޒަހަމްކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެ ތިން މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ވަޅިން ހަމަލާދީފައިވަނީ އެ ތިން މީހުންގެ ބުރަކައްޓަށާއި އަތަށާއި، ކަނދުރާއަށެވެ.
އެ ޑޮކްޓަރަކީ މިސްރު ރައްޔިތެކެވެ. އަދި އެއީ ސިކުނޑީގެ މައްސަލަ ހުންނަ ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއް ސަމަދު ވިދާޅުވީ މި ފަހަކަށް އައިސް ޑޮކްޓަރުގެ ފަރާތުން ތަފާތު ކަންކަން ފެންނަމުންދާ ކަމަށާއި އެއީ ޑޮކްޓަރުގެ ސިކުނޑީގެ މައްސަލަ ތަކެއް ހުރުމުން ކަމަށެވެ. އަދި މިރޭ ތިން ބިދޭސީންނަށް ހަމަލާދިނީ އެމީހުން ދިރިއުޅޭ ގެއަށް ވަދެ ކަމަށާއި، ޑޮކްޓަރު ވަޅި ހިފައިގެން އުޅޭ މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ތިން މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަމުގައި މަސައްކަތް ކުރާ މިސްރު ރައްޔިތަކު ތިން ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށޤ 10:00 ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ..
One Response
ތިވަރު ނުވިއްޔާ ދެރަ ކީއްކުރަންހޭ ގެނައީ އަނެއް ފަހަރު އަދި ހަފްތާއެއް ވަރު ވީ ތި ސޮރު ހޮސްޕިޓަލް ތެރޭ ކަންތައް ގަނޑެއް ހިންގާލައިގެން އެމަޖެންސީގަ މާލެ ގެންދިޔަތާ އެފަހަރުވެސް ނަސީބެއް ވަޅި ނޭޅިކަން އަޅެ ހެލްތުންވެއްޖެއްނު އެސޮރު ލައިސަންސް ކެންސަލް ކުރަން މިވަރު ކުރީމަވެސް އަދިވެސް ބުނަނީ އަދި ބަހައްޓާށޯ ކީކޭ ބުނާނީދޯ މި ވެރިންނަށް ނިމުނީ ޑޮކްޓަރުންގެ އަދަދު ގިނަވަނިކޮށް ތިސޮރު ދިން ބޭހެއްކައިގެން މީހަކަށް ގޮތެއް ނުވިއްޔާ ރަނގަޅު މީވާ ސަރުކާރެއް ރައްޔިތުން މިއޮށް ހަނާވަނީއޭ