ރަހީނުކުރި އަންހެންކުދިންތައް ތިބީ އިސްލާމްދީން ގަބޫލުކޮށް ކައިވެނިކޮށްގެން: ބޯކޯ ހަރާމް

ރަހީނުކޮށްފައިވާ 219 ސްކޫލް އަންހެން ކުދިން މިހާރުތިބީ އިސްލާމްދީން ގަބޫލުކޮށް ކައިވެނިކޮށްގެން ކަމަށް އޭއެފްޕީން އާއްމުކުރި ބޯކޯ ހަރާމްގެ ވީޑިއޯއެއްގައި ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު އޭއެފްޕީން ހާމަކުރި ވީޑިއޯގައި ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކަރު ޝެކާއު ބުނެފައިވަނީ ސަރުކާރާއެކު ބޯކޯ ހަރާމުން އެއްބަސްވުންތަކެއް ވެފައިވާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި ރަހީނު ކޮށްފައިތިބި އަންހެން ކުދިންތައް ދޫނުކުރާނެ ކަމަށާއި ދޫކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ކުދިންނަނީ އެމީހުންގެ އަނބިން ކަމަށް އެ ވީޑިއޯގައި ބޯކޯ ހަރާމްގެ ލީޑަރު ބުނެ އެވެ.

އެ ވީޑިއޯގައި، ޖަރުމަނު ރައްޔިތަކު ރަހީނުކޮށްފައިވާކަމަށްވެސް އަބޫބަކަރު ހާމަކުރެ އެވެ. ނަމަވެސް ޖަރުމަނު އަންހެންމީހާ ރަހީނުކުރީ ކޮން އިރަކު ކަމާއި އެމީހާއާ ބެހޭ އިތުރު މައުލޫމާތުތައް ބޯކޯ ހަރާމުން ހާމަކޮށްފައެއް ނުވެ އެވެ.

ނައިޖީރިޔާ ސަރުކާރުން މިދިޔަ ހަފްތާގައި ބުނެފައިވަނީ ބޯކޯ ހަރާމާއެކު ކުރެވުނު މަޝްވަރާތަކުން އަންހެން ކުދިންތައް މިނިވަން ކުރަން އެ ޖަމާއަތުން ގަބޫލުވެފައިވާކަމަށާއި އިތުރަށް ހަނގުރާމަ ނުކުރުމަށްވެސް ބޯކޯ ހަރާމުން އެއްބަސްވެފައިވާކަމަށެވެ.

ނަމަވެސް ބޯކޯ ހަރާމްގެ އެންމެ ފަހު ވީޑިއޯގައި ބުނެފައިވަނީ އެއްވެސް ބަޔަކާއެކު މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުގައި މަޝްވަރާކޮށް އެއްވެސް ބަޔަކަށް ދޫދޭން ބޭނުން ނުވާ ކަމަށެވެ.

ނައިޖީރިއާގެ ބޯރްނީ ސްޓޭޓްގެ ޗީބޮކް އަވަށުގެ ސްކޫލުން ކިޔަވަމުންދިޔަ އަންހެންކުދިންތައް ބޯކޯ ހަރާމުން ރަހީނުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *