ޑައިމޯފިން ގެންގުޅުނު މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޑައިމޯފިން ގެންގުޅުނު މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޏ. ފުވައްމުލައް މެދުގޭ މުޙައްމަދު މާޖިދު ގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ 19.8983 ގްރާމް މަސްތުވާތަކެތި (ޑައިމޯފިން) ގެންގުޅުމުގެ ކުށުގައެވެ.

މިމައްސަލައިގާ މިއަދު ކޯޓުން ކުރި ޙުމުގައިވަނީ، ދައުލަތުން ޏ. ފުވައްމުލައް މެދުގޭ މުޙައްމަދު މާޖިދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން މުޙައްމަދު މާޖިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.  އަދި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ޏ. ފުވައްމުލައް މެދުގޭ މުޙައްމަދު މާޖިދު އުމުރަށް ޖަލަށްލުމާއެކު -/100,000ރ  (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށް، މިޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް މުޙައްމަދު މާޖިދުގެ މައްޗަށް ޙުކުމްކުރާ ކަމަށެވެ.

2012 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެރޭ މުޙައްމަދު މާޖިދު މަސްތުވާތަކެތި ހިފައިގެން ވިލިމާލެއަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން މުޙައްމަދު މާޖިދަށް ފާރަލަމުންގޮސް، މުޙައްމަދު މާޖިދު ވިލިމާލެއަށް ފޭބި ވަގުތު މުޙައްމަދު މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެވަގުތު މުޙައްމަދު މާޖިދުގެ ކަނާއަތުގައި އޮތް ފެހިކުލައިގެ ކޮތަޅެއް ބަލާފާސްކުރިއިރު، އެކޮތަޅުގެ ތެރޭގައި އޮތް އެލީޓް ސެންޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައިވާ 20 (ވިހި) ރަބަރު ޕެކެޓުވަނީފެނިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *