ޑްރަގް ކޯޓުވެސް ’ރިސެސް‘ އަށް ދަނީ

ޑިސެމްބަރު 16 އިން ފެށިގެން 31 އަށް ޑްރަގް ކޯޓް ރިސެސްއަށް ދިއުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމަވައިފި އެވެ.

އެ ކޯޓުން ބުނެފައިވަނީ ރިސެސްގެ މުއްދަތުގައި، މައްސަލަ ހިންގުން ފިޔަވައި ކުރިޔެކޭ ވެސް އެއްގޮތަށް އެހެން ހުރިހާ ޚިދްމަތްތަކެއް ދެވޭނެ ކަމަށެވެ.

އަދި މައްސަލަތަކާ ގުޅޭގޮތުން ނެރެންޖެހޭ ކޯޓު އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

އެ ޑްރަގް ކޯޓުން 16 އިން ފެށިގެން ރިސެސް އަށް ދާން ނިންމާފައިވާއިރު މާދަމާއިން ފެށިގެން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓު އަދި ޖުވެނިއަލް ކޯޓު ވެސް ރިސެސްއަށް ދާން ވަނީ ނިންމާފަ އެވެ.

ސިވިލް ކޯޓުން ރިސެސްއަށް ދަނީ މަދާމާއިން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓު ރިސެސްއަށްދަނީ މާދަމާ އިން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ދެ ކޯޓުން ބުންޏެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަކަމުގައި ވިޔަސް ކޯޓަށް މައްސަލަ ހުށަހެޅުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމާއި މައްސަލަތަކާ ގުޅޭ ލިޔުންތައް ދޫކުރުން ފަދަ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ތިން ކޯޓުން ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން ހައި ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *