ސްޕެނިޝް ލަލީގާ: ޖެހިޖެހިގެން 16 މެޗުން މޮޅުވެ ރިއާލް މެޑްރިޑަށް ކްލަބް ރެކޯޑެއް

ހުރިހާ މުބާރާތަށްބަލާ ، ޖެހިޖެހިގެން 16 މެޗުން މޮޅުވެ ރިއާލް މެޑްރިޑް ކުލަބް ރެކޯޑެއް ހަދައިފިއެވެ.

ވޭތުވެދިޔަ ސީޒަންތަކުގައިވެސް މޮޅު ކުޅުންތެރިންތަކެއް ކުޅެފައިވާ ރިއާލް މެޑްރިޑުންވަނީ މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުންވެސް ބޮޑު ހޭދައެއް ކޮށްފައެވެ. މީގެ ކުރިން ރިއާލް ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެފައިވަނީ 15 މެޗުންނެވެ. އެއީ 2011 ވަނަ އަހަރުގައި ހޯސޭ މޮރީނިއޯ އަދި 1961 ވަނަ އަހަރު މިގޭލް މުނޯޒްގެ ކޯޗު ކަމުގެ ދަށުގައެވެ.

ރޭ ސްޕެނިޝްލަލީގާގައި ރަށުން ބޭރުގައި ކުޅުނު މެޗުން ރިއާލްއިން މަލާގާ ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ރޮނާލްޑޯވަނި މޮޅު ކުޅުމެއް ދައްކާ ރިއާލްގެ ދެ ގޯލްވެސް އެސިސްޓްކޮށްދީފައެވެ. އެގޮތުން ރިއާލްގެ ފުރަތަމަ ގޯލް ބެންޒެމާ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ކާމިޔާުކޮށްދިނީ ގެރެތް ބޭލްއެވެ. މަލާގާގެ ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަންޓާ ކުރޫޒްއެވެ.

މެޗުގައި ރިއާލްގެ މިޑްފީލްޑަރ އިސްކޯއަށްވަނީ 2 ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މޮޅާއެކު ރިއާލްވަނީ ލަލީގާ ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *