އެމްޑިޕީން މާލޭގައި ބޭއްވި މުޒާހަރާއެއް
އެމްޑިޕީން މާލޭގައި ބޭއްވި މުޒާހަރާއެއް

އެމްޑީޕީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

އެމްޑީޕީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

އެމްޑީީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އުތުރު ޕްރޮވިންސްގެ ރައީސް ކަމުގެ މަގާމަށް3217 ވޯޓާއި އެކު ހޮވިވަޑައިގެންފައިވަނީ އިބްރާހިމް ޝުޖާއު އެވެ. މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމަށް 1405 ވޯޓާއެކު ހޮވިވަޑައިގެންފައިވަނީ އިބްރާހިމް ޖިހާދެވެ.މވަގުތީ ނަތީޖާ ދަށްކާގޮތުން ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރި އާމިނަތު ޒާހިރާއަށް 101 ވޯޓް ލިބިފައިވެއެވެ.

ށ. ކަނޑިތީމް ދާއިރާގެ ރައީސްކަމުގެ މަގާމުން ކުރިހޯދާފައިވަނީ 354 ވޯޓާއި އެކު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ. ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރި އިބްރާހިމް މުހައްމަދަށް 341 ވޯޓް ލިބުނެވެ.

ނ. ކެނދިކުޅުދޫ ދާއިރާގެ ރައީސްކަމުގެ މަގާމަށް ވާދަކުރި އަހުމަދު އީސާއަށް 451 ވޯޓް ލިބުނުއިރު ބ. ތުޅާދޫ ދާއިރާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރި އިބްރާހިމް ނިމާލަށް 546 ވޯޓް ލިބުނެވެ. ތ. ވިލުފުށި ދާއިރާގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރި އާދަމް މުހައްމަދަށް 213 ވޯޓް ލިބިފައިވެއެވެ.

އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *