ލ.އަތޮޅު ބަށިބޯޅަ މުބާރާތް: ކުޅުނުމެޗުން މޮޅުވެ މާބައިދޫ އަދި ފެހި ޖަމިއްޔާ ކުއަރޓާއަށް

ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި މާބައިދޫ އަދި ފެހި ޖަމިއްޔާ ކުޅުނުމެޗުން މޮޅުވެ ކުއަރޓާފައިނަލަށް ދަތުރުކޮށްފިއެވެ.

އެގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ ”ރަނިން“ ޓީމާއި ފޮނަދޫ ފްރެންޑްސް ފޯ އެންވަޔަރަންމަންޓް އެންޑް ހެލްތް އިނީޝިއޭޓިވްގެ ”ފެހި ޓީމް“ ބައްދަލުކޮށް 28 ލަނޑު 0 ފޯލި، 27 ލަނޑު 3 ފޯލިން މެޗު ކާމިޔާބުކުރީ ފެހި ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެހިޓީމްގެ ޖާރސީ ނަންބަރ 1 އާއިޝަތު ޒުހުރުބާނެވެ.

އިއްޔެގެ ދެވަނަ މެޗުގައި ލ.ފޮނަދޫ ޒުވާނުންގެ ގުޅުމުގެ ”ބުލްބުލް“ އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުން ބައްދަލުކޮށް 28 ލަނޑު 7 ފޯލި ، 25 ލަނޑު 0 ފޯލިން މެޗު ކާމިޔާބުކުރީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ ޖާރސީ ނަންބަރ 8 މަރިޔަމް މަރީޝާއެވެ.

ފެހި ޓީމް އަދި މާބައިދޫގެ އިތުރުން މުބާރާތުގެ ކުއަރޓާއަށްް ދަތުރުކޮށްފައިވަނީ މާވަށު ބަށިޓީމް، ރިއަލް އައިލެންޑް، މާސް، ފިޔެސް ކޮކާގެ އިތުރުން އޯކިޑް އަދި ލޮޓަސްއެވެ.

މުބާރާތުގެ ކުއަރޓާފައިނަލްގެ މެޗުތަށް މިއަދު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *