ލީގު ލީޑަރުންގެ ގޮތުގައި މެޗަށްނިކުތް ޗެލްސީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައއެޓީމުވަނީ ގޯލް ޖަހާފައެވެ. ނަމަވެސް ”އޮގަނައިޒް“ އަދި ”ޑިސްޕްލިން“ ޑިފެންސަކާއެކު ސަންޑަރލޭންޑުންވަނީ ޗެލްސީ ހިފަހައްޓާފައެވެ. ރޭގެ މެޗު ނިންމާލަންޖެހުނީ 0-0 ގެ ނަތީޖާއަކުންނެވެ.
ޗެލްސީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސަންޑަރލޭންޑުންވަނީ ކައުންޓަރ އެޓޭކްގައި ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ޗެލްސީ އަދި މިސީޒަންގައި ބަލިވެފައިނުވާއިރު މިއީ ސަންޑަރލޭންޑް ސީޒަންގައި އެއްވަރުވި 8 ވަނަ މެޗެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނީ ކުޅުންތެރިން މޮޅުވުމަށް މަސައްކަތްކުރިކަމަށެވެ. އެއްވަރުވީ އެންމެ ޓީމެއް މޮޅުވާން މަސައްކަތްކުރުމުން ކަމަށެވެ.
މިމެޗުގައި ޗެލްސީގެ ފޯވާރޑް ޑިއޭގޯ ކޮސްޓާއަށް ދެއްކި ރީނދޫ ކާޑާއެކު ކޮސްޓާވަނީ ކުރިއަށް އޮތް ލީގު މެޗަށް ސަސްޕެންޑްވެފައެވެ. އެއީ 5 ރީނދޫ ކާޑު ހަމަވުމުގެ ސަބަބުނެވެ.
މެޗުން އެއްވަރުވިނަމަވެސް ޗެލްސީ އޮތީ ލީގު ތާވަލުގެ 1 ވަނައިގައެވެ. ސަންޑަރލޭންޑް އޮތީ ތާވަލުގެ 13 ވަނައިގައެވެ.