ކްރިމިނަލް ކޯޓުން ވަނީ ފެންޕަންޕެއް ވަގަށް ނެގި މީހަކު ހަ އަހަރަށޤ ޖަލަށް ލުމަށް ހުކުމް ކޮށްފައި
ކްރިމިނަލް ކޯޓުން ވަނީ ފެންޕަންޕެއް ވަގަށް ނެގި މީހަކު ހަ އަހަރަށޤ ޖަލަށް ލުމަށް ހުކުމް ކޮށްފައި

ފެންޕަންޕެއް ވަގަށް ނަގައިގެން ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ފެން ޕަންޕެއް ވަގަށް ނެގި މީހަކު ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މ. ރޭއަލިވޭގޭ އަހްމަދު ނަވްޝާދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:20 އެހައިކަންހާއިރު މ. ޕާނިޝްވިލާގޭގައި ހުރި ފެންޕަންޕެއް ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ވައްކަންކުރުމުގެ ދައުވާއަށް ނަވްޝާދު އިންކާރު ކުރިނަމަވެސް، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން އޭނާ ވައްކަންކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ، ފެން ޕަންޕު ވަގަށް ގެނި މައްސަލައަކީ  ވައްކަމުގެ ކުށް ސާބިތުވި ފަސް ވަނަ ފަހަރަށް ވުމުންނެވެ.

މީގެ އިތުރުން ދެ ކޮފީ ޕެކެޓް ވަގަށް ނަގައިގެން ދެ މީހަކު ފަސް އަހަރަށް ޖަލަށް ލުމަށްވެސް ކްރިމިނަލް ކޯޓުން ހުކުމް ވަނީ ހުކުމްކޮށްފައި އެވެ.

މ. ރަތީގާއާގޭ މުހައްމަދު މާހިދު އާއި ހަމައެގޭ އަބްދުﷲ ހާމިދުގެ  މައްޗަށް އެ ހުކުމް ކުރީ ވުނަދާނަ ފިހާރައިން ނެސްކެޕޭ ބްރޭންޑްގެ ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ދިއުމުން ނެވެ. ހުކުމުގައި ބުނެފައިވަނީ ދެ ކޮފީ ޕެކެޓު ހިފައގެން ފައިސާ ނުދައްކާ ނުކުމެގެން ދިޔަކަށް ދެ މީހުންގެ ވާހަކައިން އެނގޭތީ  ކުށް ސާބިތު ވާ ކަމަށް ކަނޑައެޅީ ކަމަށެވެ.

އެ ދެމީހުންގެ މައްޗަށް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މީގެ ކުރިން ތިން ފަހަރު ވައްކަން ކޮށް އެ ކުށް ސާބިތުވެފައިވާތީ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *